Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިރިއުޅުމުގެ އަގު

އަނެއްކާވެސް ތަކެތީގެ އަގު އުފުލެނީ، އެންމެ ބޮޑަށް އުފުލުނީ ކާބޯތަކެތީގެ އަގު

ތަކެތީގެ އަގު ދަށަށް ދިއުމަށްފަހު އަނެއްކާވެސް އަގުތައް އުފުލެން ފަށާފައިވާކަން މަރުކަޒީ ބޭންކު އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުގައި އިންފުލޭޝަން 3.1 އިންސައްތައަށް މަތިވުމަށްފަހު ޖެހިގެން އައި އޮކްޓޯބަރު މަހު 2.9 އަދި ނޮވެންބަރު މަހުގެ 2.8 އިންސައްތައަށް ދަށްވިއެވެ.

ނަމަވެސް ޑިސެންބަރު މަހުގައި އިންފުލޭޝަން އަނެއްކާވެސް އުފުލި 3.4 އިންސައްތައަށް އެރިއެވެ.

ފާއިތުވި ޖަނަވަރީ މަހުގެ އިޤުތިޞާދީ ތަފާސްހިސާބުތައް އެމްއެމްއޭއިން އާންމުކޮށްފައިވާއިރު އެ ހިސާބުތަކުން ފެންނަ ގޮތުގައި ޖަނަވަރީ މަހުގެ ނިޔަލަށް އިންފުލޭޝަންވަނީ 4.0 އިންސައްތައަށް އިތުރުވެފައެވެ. އެއީ ޑިސެންބަރާ އަޅާބަލާއިރު 0.6 އިންސައްތައިގެ އިތުރުވުމެކެވެ.

އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކާބޯތަކެތީގެ ކެޓަގަރީންނެވެ. އޮކްޓޯބަރު މަހު 5.9 އިންސައްތާގައި ހުރި ކާބޯތަކެތީގެ އަގު ޖަނަވަރީ މަސް ނިމުނުއިރުވަނީ 7.8 އިންސައްތައިން އުފުލިފައެވެ.

މަހުގެ އަގުވަނީ 8.0 އިންސައްތައިން މަތިވެފައެވެ. ފަރުނީޗަރާއި ގެދޮރުގައި ހިފާ ގެންގުޅޭ ސާމާނާއި ގެދޮރަށް ބޭނުންވާ އިތުރު ބައެއް ތަކެތީގެ އަގު 6.2 އިންސައްތަ މަތިވެފައިވެއެވެ. ދަތުރުފަތުރުގެ އަގު 11.4 އިންސައްތަ އުފުލުނެވެ.

ޤައުމީ ފެންވަރުގައި އިންފުލޭޝަން 4.0 އިންސައްތަ މަތިވެފައިވާއިރު ހަމައެކަނި ވެރިކަންކުރާ މާލޭގެ އިންފުލޭޝަންވެސްވަނީ 3.7 އިްނސައްތައަށް މަތިވެފައެވެ. މާލޭގައި ކާބޯތަކެތީގެ އަގު 8.5 އިންސައްތައިން މަތިވެފައިވެއެވެ.

މި ލިއުމާއި ގުޅޭ