Saturday 5th Oct 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިވިލް ކޯޓު

ކުންފުންޏަކުން ކުރި މަސައްކަތަށް ފައިސާ ނުދިން މައްސަލައެއް ސްޓެލްކޯއާ ދެކޮޅަށް ނިމިއްޖެ

ކުންފުންޏަކުން ކުރި މަސައްކަތަށް ފައިސާ ނުދިން މައްސަލައެއް ސްޓެލްކޯއާ ދެކޮޅަށް ނިމިއްޖެއެވެ.

މި މައްސަލައަކީ ވިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް އާއި ސްޓޭލްކޯއާ ދެމެދު 11 ޖެނުއަރީ 2016 ގައި ވެފައިވާ 'ކަސްޓަމަރ ރިލޭޝަން ނެނޭޖްމަންޓް ސޮފްޓްވެއާ" ގާއިމުކުރުމުގެ އެއްބަސްވުމާ އެއްގޮތަށް ސްޓެލްކޯއިން އަމަލުކޮށްފައި ނުވާތީ ޕްރޮޖެކްޓުގެ އަގުގެ ތެރެއިން ދައުވާކުރާ ފަރާތަށް ލިބެން ޖެހޭ 297،743.80 (ދެ ލައްކަ ނުވަދިހަ ހަތްހާސް ހަތްސަތޭކަ ސާޅީންތިން ރުފިޔާ އަށްޑިހަ ލާރި ދައުވާކުރާ ފަރާތުގެ އަތުން ހޯދުމަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ކޮންޓްރެކްތާއި ހިލާފުވިކަމަށް ވިން ސޮލިއުޝަންގެ ފަރާތުން ބަޔާންކޮށް ދައުވާގައި 16 ކަމެއް ފާހަގަކޮށްފައިވެއެވެ.

ވިން ސޮލިއުޝަންގެ ފަރާތުން އެދިފައިވަނީ ސްޓެލްކޯގެ ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެކަމަށް ކަނޑައަޅައި ޕްރޮޖެކްޓުގެ އަގުގެ ތެރެއިން ނުދައްކާ އޮތް 297،743.80 ރުފިޔާ އެ ފަރާތަށް ދެއްކުމަށެވެ.

މިކަމާއި ގުޅިގެން ދައުވާގެ ހުލާސާގައި ސްޓެލްކޯއިން ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން ނިންމަންޖެހޭ ސޮފްޓްވެއަރ ދައުވާކުރާ ފަރާތުން ނިންމިފައިނުވާތީ އެއްބަސްވުމާ ހިލާފުވީ ދައުވާކުރާ ފަރާތުންކަމަށްވާތީ ދައުވާގައި ބަޔާންކުރާ ފައިސާ ހޯދައިދިނުމަކީ ނުހައްގު މުއްސަނދިކަމެއް ނުވަތަ މަންފާއެއް ލިބުންކަމަށެވެ.

އަދި އެކަމުގެ ތަފްސީލު ބަޔާންކޮށް ސްޓެލްކޯއިން 9 ކަމެއް ފާހަގަކޮށްފައިވެއެވެ.

އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަސައްކަތް ކަނޑައަޅާފައިވާ ތާރީޚަށް ނިންމާފައި ނެތުމުން އެއްބަސްވުމާ ހިލާފުވެފައިވަނީ ވިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑްކަމަށް ކަނޑައަޅައި އެ ހިލާފުގެ ސަބަބުން ސްޓެލްކޯއަށް ލިބިފައިވާ އެންމެހައި ގެއްލުމުގެ ބަދަލާއި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭން ޖެހޭ ސޮފްޓްވެއަރ ފޯރުކޮށްދީފައި ނުވާތީ ސްޓެލްކޯއިން މިހާތަނަށް ދައްކާފައިވާ ފައިސާ ވިން ސޮލިއުޝަނުން ދެއްކުމަށް އަމުރުކުރުމަށް އެދި ރައްދު ދައުވާއެއް ސްޓެލްކޯއިން ހުށަހަޅާފައިވެއެވެ.

މިކަމާއި ގުޅިގެން ވިން ސޮލިއުޝަނުން ބުނިގޮތުގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިންމާފައިނުވާކަން ސާބިތުކުރަނިވި އަދި މަގްބޫލުކުރަނިވި ޒާތުގެ ހުއްޖަތެއް ގާއިމުވެފައިނުވާތީ ދައުވާކުރާ ފަރާތުން އެއްވެސް ފައިސާއެއް ނަގައިދެވޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި ރައްދު ދައުވާއާގުޅޭގޮތުން އެދިފައިވާގޮތަށް ކަނޑައަޅައި ފައިސަލާކުރަނިވި ހުކުމެއް ކުރުމެވެ.

ދެ ފަރާތުގެ ވާހަކައަށް ބަލާ ޝަރީއަތުން ފާހަގަކޮށްފައިވަނީ ވިން ސޮލިއުޝަނުން އެ ރައްދު ދައުވާއަށް އިންކާރުކޮށްފައިވާއިރު ދައުވާ ސާބިތކުރުމަކީ އާއްމު އުސޫލެއްގެ ގިތުން ދައުވާކުރާ ފަރާތުގެ ޒިންމާގައި އޮތްކަމެއްކަން "އަހްމަދު ނާޝިދު ވ. މުހައްމަދު މުސްތަފާ" ގަޒިއްޔާގައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ފާހަގަކޮށްފައިވާ ނުކުތާތަކުން އެނގެން އޮތްކަމަށާއި އެހެންކަމުން ދައުވާ ސާބުތުކުރުމަކީ ދައުވާ ކުރާ ފަރާތުގެ ޒިންމާގައި އޮތްކަމެއްކަމަށެވެ.

އަދި ރައްދު ދައުވާ ކުރެވެން އޮތް މިންގަނޑުގެ ތެރޭގައި ރައްދު ދައުވާ ނުވަތަ ދިފާއީ ދަފްއު ސާބިތުކުރުމަކީ ސްޓެލްކޯގެ ޒިންމާގައި އޮތްކަމެއްކަމަށްވެސް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ދެފަރާތުގެ ވާހަކަތަކަށް އަލިއަޅުއްވާލައްވާ މި މައްސަލައާ ގުޅިގެން ސެޓެލްކޯގެ މައްޗަށް ޝަރީއަތުން ހުކުމް ކުރީ ސްޓެލްކޯއިން ވިން ސޮލިއުޝަންއަށް ދައްކަން ޖެހޭނީ 175،046.28 ކަމަށެވެ. އަދި މި މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ޝަރީއަތުން ވަނީ ސްޓެލްކޯއަށް އަމުރުކޮށްފައެވެ.

މި ލިއުމާއި ގުޅޭ