Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގްރީސް

ގްރީސްގައި 2 ރޭލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ގިނަ ބަޔަކު މަރުވެއްޖެ

ގްރީސްގެ ލަރިސާ ސިޓީގެ ބޭރުގައި އޮތް ރޭލުވޭ އަކުން އެކަތި އަނެކައްޗާއި ސީދާ ދިމާލަށް ބާރު ދުވެލީގައި އައި 2 ރޭލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މަދުވެގެން 32 މީހުން މަރުވެއްޖެއެވެ.

އެތެންސްއިން ނައްޓާލައިގެން ތެސަލޮނިކީއަށް ދިޔަ ރޭލާއި އަދި ތެސަލޮނިކީއިން އެތެންސްއަށް ދިޔަ 2 ރޭލު އައިސް ޖެހުމުގެ ސަބަބުން ރޭލުގެ ޕަސިންޖަރުން ތިބޭ ކެރިއޭޖްތަށް ގޮވައި، ބޮޑު އަލިފާން ގަނޑެއް ރޯވިކަމަށް، ހާދިސާއިން ސަލާމަތްވި ޕަސިންޖަރަކު ބުންޏެވެ.

ބާރުމިނުގައި އައިސް ޖެހުނު ވަގުތުގައި ރޭލުގެ ފުރަތަމަ 4 ކެރިއޭޖް ފުރޮޅާލައިގެން ވެއްޓުނުކަމަށާއި އަދި އޭގެ ތެރެއިން ފުރަތަމަ 2 ކެރިއޭޖްގައި ރޯވެ "އެއްކޮށް ހަލާކުވެފައި" ވާކަމަށް ތެސަލީގެ ރީޖަނަލް ގަވަނާ ކޮންސްޓަންޓިނޮސް އަގޮރަސްޓޮސް ހާދިސާގެ ތަފްސީލް ހިއްސާކުރައްވަމުން ވިދާޅުވިއެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ އެކަތި އަނެކައްޗާއި ސީދާ ދިމާލަށް ދާކަން ޑްރައިވަރުންނަށް ނޭނގުމުންކަމަށް ކޮންސްޓަންޓިނޮސް އިތުރަށް ވިދާޅުވިއެވެ.

ރޭލުން ސަލާމަތް ކުރެވުނު 250 ޕަސިންޖަރުން ބަހެއްގައި ތެސަލޮނިކީއަށް ގެންދިޔަކަމަށާއި، އަދި ބައެއް ފަރާތްތަކަށް ކުދި ކުދި ޒަހަމް ލިބިފައިވާކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.
ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް އެކްސިޑެންޓްގެ ހަބަރު ހޮސްޕިޓާތަކާއި ހިއްސާކުރެވި، ގިނަ އެމްބިއުލޭންސްތަކެއް ލަސްނުކޮށް ހާދިސާ ހިނގި ސަރަހައްދަށް ގޮސްފައިވެއެވެ.
މީގެ އިތުރުން، ގްރީސް ސަރުކާރުން ކުއްލި ބައްދަލުވުމެށް ބާއްވައި ކަމުގެ ތަފްސީލް މަޝްވަރާކޮށް، ގްރީސްގެ ސިއްހަތު ވަޒީރު ތަނޯސް ޕްލެވްރިސް ހާދިސާ ހިނގި ތަނަށް ޒިޔާރަތްކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ