Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނާޒިމް ސައްތާރު

ނާޒިމް ސައްތާރުގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓުގެ މައްސަލަ ފުލުހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ނަމުގައި ޓުވިޓާގައި ފޭކު އެކައުންޓެއް ހިންގާ މައްސަލަ އޭނާ ފުލުހަށް ހުށަހަޅައިފިއެވެ.

ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލައެއް ފެންމަތިވުމާއެކު ނާޒިމްވަނީ އޭނާގެ ޓުވިޓާ އެކައުންޓު ޑީއެކްޓިވޭޓުކޮށް ޓުވިޓާ ބޭނުންކުރުން ހުއްޓާލާފައެވެ.

އެ މައްސަލާގައި ނާޒިމްގެ މައްޗަށް ކުރި ގޭ ބަންދުގެ ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން ނާޒިމުގެ ނަމުގައި ޓުވިޓާ އެކައުންޓެއް ހަދައި އެއްޖިންސުން ގުޅުންހިންގުމަށް ހިތްވަރު ލިބޭ ގޮތަށް އެ އެކައުންޓުން އަންނަނީ ޓުވީޓުކުރަމުންނެވެ.

އެ އެކައުންޓު އެކްޓިވުވެ ޓުވީޓުކުރަން ފެށުމާއެކު ނާޒިމް މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ އެކައުންޓަކީ އޭނާއާ ގުޅުމެއް ނެތް އެކައުންޓެއް ކަމަށެވެ. އަދި އެ އެކައުންޓުން ޓުވީޓުކުރަނީ އޭނާ ނޫން ކަމަށެވެ.

އެއް ޖިންސުން ގުޅުންހިންގުމަށް ހިތްވަރު ލިބޭ ގޮތަށް އެ އެކައުންޓުން ޓުވީޓުކުރަން ފެށުމާއެކު ނާޒިމްވަނީ އެ އެކައުންޓުގެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އަދި އެ އެކައުންޓުން ކުރަމުން އަންނަ ޓުވީޓުތަކާ ގުޅިގެން އޭނާއަށް މަރުގެ އިންޒާރު ލިބެމުންދާކަމަށް ނާޒިމްވަނީ ބުނެފައެވެ.

އަލްމަގިރާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލާގައި ނާޒިމުގެ މައްޗަށް އިއްވި 1 މަހާއި 28 ދުވަހުގެ ޖަލު ހުކުމް ތިން މަސްދުވަހު ގޭ ބަންދުކުރުމަށް ބަދަލުކޮށް އެ ހުކުމް އޭނާ ތަންފީޒުކުރިއެވެ.

ނާޒިމަށް ކުރު މުއްދަތުގެ ލުއި އަދަބެއް ދިނުމަށް ކޯޓުން ހުކުމްކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ކޯޓަށް އަމާޒުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ