Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީއޭ

ރައީސް އިބްރާހީމަކީ އިގުތިޞާދީ މާހިރުންގެވެސް މާހިރެއް: އެމްޑީއޭ

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އިގްތިސާދީ މާހިރުންގެވެސް މާހިރެއްކަމަށް އެމްޑީއޭއިން ބުނެފިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިމްރާހީމަށް ތާއީދުކުރަން އެމްޑީއޭއިން ނިންމާފައިވާއިރު "ރާއްޖެޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވީ ރައީސް އިމްރާހީމަށް ދެވަނަ ދައުރެއް ދޭންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ.

އެގޮތުން އޭނާ ވަނީ ކޮވިޑް-19ގެ ހާލަތު ރައީސް އިބްރާހިމް މެނޭޖް ކުރެއްވި ގޮތަށް ތައުރީފްކޮށްފައެވެ. ރަފިއްޔާ ވިދާޅުވީ ކޮވިޑްގެ އެންމެ ދަތި ދުވަސްވަރު ސަރުކާރުން ވިޔަފާރިތަކާއި އާންމުންނަށް ދިން ތަފާތު އެކި އެހީތަކަކީ ގައުމު އަލުން އާރާސްތު ވުމަށް ނެގުނު ބޮޑު ފިޔަވަޅެއް ކަމަށެވެ.

އަދި ރައީސް އިބްރާހީމްގެ އެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދެގުނަ ވެފައިވާ ކަމަށާއި އެމަނިކުފާނާއި އެމްޑީއޭގެ ލީޑަރު، ސިޔާމްގެ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ކަމަށްވެސް ރަފިއްޔާ ވިދާޅުވިއެވެ.

ރަފިއްޔާ އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމަކީ އިގްތިސާދީ ގޮތުން މާހިރެއްކަމަށް މީހެ ކުރިން މީހުން ބުނާކަމަށާއި ނަމަވެސް މިއަދު އޭނާއަށް ގަބޫލުކުރެއްވޭގޮތުގައި އެމަނިކުފާނަކީ އިގްތިޞާދީ މާހިރުންގެ ވެސް މާހިރެއްކަމަށެވެ.

އަދި ގައުމުގެ ހަމަޖެހުމާއި އިގްތިސާދު ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރަކީ ރައީސް އިބްރާހީމަށް ދޭން ލާޒިމުވާ ފަސް އަހަރުކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރަފިއްޔާ މިަފަދައިން ވިދާޅުވެފައިވާއިރު އެމްޑީއޭއިން ރައީސް އިބްރާހީމަށް ތާއީދު ކުރަން ނިންމާފައިވަނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމަށް މާލީ ބޮޑެތި މަންފާތަކެއް ހޯދައިދެއްވަން އެއްބަސްވެވަޑައިގަތުމުންކަން ފާހަގަކޮށްލެވެއެވެ.

ރައީސް އިބްރާހީމު ސިޔާމުގެ އެމްޑީއޭއަށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވުމުގެ ކުރިން ރައީސް އޮފީހުގައި ދެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. އެއަށްފަހު ރައީސް އިބްރާހީމުގެ މަންދޫބުން އެމްޑީއޭގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.
މި މަޝްވަރާތަކުގައި ސިޔާމު ރައީސް އިބްރާހީމަށް ހުށަހެޅުއްވީ މައިގަނޑު ދެ ކަމެއްކަމަށް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ. ފުރަތަމަ ކަމަކީ ސިޔާމުގެ ސަން ކުންފުނިން ހިލްޓަން ކުންފުންޏަށް ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ލިބޭނެ އިންތިޒާމު ސަރުކާރު މެދުވެރިވެގެން ހަމަޖެއްސުމެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ސަން ކުންފުނިން ހިލްޓަންއަށް ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް ސިޔާމަށް ދެއްވާފައިވެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ސިޔާމު އެދިވަޑައިގަތީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދައުލަތުގެ ސޮވެރިން ގެރެންޓީ ބޭނުންކޮށްގެން ޗައިނާ ބޭންކުން ނަގާފައިވާ ބޮޑު ލޯނު ދެއްކުމުގައި ސަރުކާރުން އެހީތެރިވުމަށެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހީމްވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އެ ލޯނު ދެއްކުމަށް ސިޔާމަށް އެހީތެރިކަން ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެ ލޯނު އަނބުރާ ދައްކަންޖެހޭ 750 މިލިއަން ރުފިޔާ ދައްކަންޖެހެނީ ދިގު މުއްދަތުން ޕޭމެންޓުތަކަކަށް ބަހާލައިގެންނެވެ.

މި ސަބަބުތަކަށްޓަކައި ޝިޔާމްގެ އެމްޑީއޭއިން ރައީސް އިބްރާހީމަށް ތާއީދުކުރަން ނިންމިޔަސް މީގެ ކުރިން އެ ޕާޓީން ވަނީ ރައީސް އިބްރާހީމްގެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަދި ރައީސް އިބްރާހީމަކީ އިގްތިޞާދީ މާހިރުންގެވެސް މާހިރެއްކަމަށް އެ ޕާޓީން މިހާރު ބުނަމުން ގެންދާއިރު ރައީސް އިބްރާހީމް ވެރިކަމަށް ވަޑައިގަތްފަހުން ރާއްޖޭގެ އިގްތިޞާދީ ހާލަތު ވަނީ މީގެ ކުރިން ގޯސް ނުވާހާ މިންވަރަށް ގޯސްވެފައެވެ.

މި ލިއުމާއި ގުޅޭ