Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ކަސްޓަމަރެއްގެ 1 މިލިއަން ރުފިޔާ ގެއްލުނުކަމަށް ވިދާޅުވެ މެންބަރު ހާރޫން ދެއްކެވި ވާހަކަ ބީއެމްއެލްއިން ދޮގުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރެއްގެ އެކައުންޓުން އެއް މިލިއަން ރުފިޔާ ގެއްލުނުކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ދެއްކެވި ވާހަކަފުޅު ބީއެމްއެލްއިން ދޮގުކޮށްފިއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ސްކޭމްތަކުގައި ފައިސާ ގެއްލޭތީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ހާރޫން ވިދާޅުވީ އޭނާގެ އެކުވެރިއެއްގެ އެކައުންޓުން އެއް މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގައި މިލިއަނެއްހައި ރުފިޔާއާއި 22،000 ޑޮލަރު ގެއްލުނުކަމަށާއި، އެ ފައިސާ ޓްރާންސްފާކުރަމުން ގޮސް އެކަމުގެ ހަގީގަތް އެނގޭ މީހެއްގެ އެކައުންޓަށް ޖަމާކުރުމުން އެމީހާ ބޭންކަށް ގުޅައި އެކަން ރިޕޯޓުކުރިކަމަށްވެސް ހާރޫން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކަމުގައި ބޭންކުން އަޅައެއް ނުލިކަމަށާއި، އެ ދުވަހުގެ ހަވީރު 5.30 އިން ފެށިގެން އެރޭ 11.30 އާ ހަމައަށް އެ އެކައުންޓުން މުއާމަލާތްތައް ހިންގިކަން ބޭންކު ސްޓޭޓުމެންޓުން ފެންނަކަމަށް ހާރޫނު ވިދާޅުވިއެވެ. އަދި އެ އެކައުންޓުން ފައިސާ ނެގުމުގެ އިތުރަށް އެކައުންޓަށް އެހެން އެކައުންޓުތަކުން ފައިސާ ޖަމާކޮށްގެން ނަގާފައި ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހާރޫނު ވިދާޅުވީ އޭނާގެ އެކުވެރިޔާއާއެކު ބޭންކަށް ފާއިތުވި ހަފުތާގައި ވަޑައިގެންނެވިކަމަށާއި ނަމަވެސް މާ ބޮޑު ކަމެއް ހާސިލުނުވި ކަމަށާއި ފައިސާ ޖަމާކުރި އެކައުންޓުތަކުގެ ވެރިންނަށް ވަކިވަކިން ދައުވާކޮށްގެން ނޫނީ ފައިސާ އަނބުރާ ނުލިބޭނެކަމަށް ބޭންކުން ބުނިކަމަށެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ކަސްޓަމަރެއްގެ އެކައުންޓުން 1 މިލިއަން ރުފިޔާ ގެއްލުނު ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އެއްވެސް ކަސްޓަމަރެއްގެ އެކައުންޓުން 1 މިލިއަން ރުފިޔާ ނުގެއްލޭކަަމށްވެސް ބޭންކުން ބުނެފައިވެއެވެ.

ބޭންކުން އަންނަނީ ކަސްޓަމަރުންގެ ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމުގެ ޔަގީންކަން ދެމުންނެވެ.

މި ލިއުމާއި ގުޅޭ