Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ނިމާލާއި ފެނަކަގެ ކުރީގެ ވެރިއެއްގެ މައްޗަށް ދައުވާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަދި ކ.އަތޮޅު ކައުންސިލުގެ ރައީސް އަދި އިދިކޮޅު ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ނިމާލާއި އެކުންފުނީގެ ކުރީގެ އިތުރު ވެރިއަކަށް ދައުވާކޮށްފިއެވެ.

ނިމާލާއި އެ ކުންފުނީގެ ފައިނޭންސް ޑިވިޝަނުގެ ޑިރެކްޓާގެ މަޤާމުގައި ހުރި މިންހާޖު ވަހީދުގެ މައްޗަށް އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާކޮށްފައިވަނީ ނިމާލު ފެނަކައިގެ އެމްޑީގެ މަޤާމުގައި ހުންނަވައިގެން އަދި މިންހާޖު ކުންފުނީގެ ފައިނޭންސް ޑިޕާޓުމެންޓުގެ ވެރިއަކަށް ހުންނަވައިގެން ޕްލާންކްޓަން އިންވެސްޓުމެންޓާއި ނިއުމެޓިކް ކިޔާ ދެ ކުންފުންޏަކާމެދު މުދާ ގަތުމަށް ހެދި އެއްބަސްވުންތަކާ ގުޅިގެންނެވެ.

އެ އެއްބަސްވުންތަކުގައި މުދާ ސަޕްލައިކުރަން އޮންނަ މުއްދަތުގެ ފަހުން މުދާ ޑެލިވާކޮށްފިނަމަ ލަސްވި ދުވަސްތަކަށް ލިކުއިޑޭޓެޑް ޑެމޭޖްސް އުނިކުރަންވާނެކަމަށް ބުނެފައިވަނިކޮށް އެ ދެ ކުންފުނިން ކޮށްފައިވާ މުއާމަލާތްތަކެއްގެ ތެރެއިން އެއްބަސްވި މުއްދަތުގައި ފެނަކައަށް މުދާ ނުލިބެނީސް އޭގެ ބަދަލުގައި ދޭންޖެހޭ ފައިސާ ލިކުއިޑޭޓެޑް ޑެމޭޖްސް އުނިނުކޮށް ފައިސާ ދޫކުރުމުންނެވެ.

އެ މައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށް ތުހުމަތުކުރެވުނެވެ. ނަމަވެސް ޕީޖީން ނިންމާފައިވަނީ އެ ދެ މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ އެ މީހުންގެ ބައި އަނބުރާ ފޮނުވުމަށެވެ.

މި ލިއުމާއި ގުޅޭ