މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އިސްލާމިކް މިނިސްޓްރީގަ އެވެ.
ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން އަންނަ މަހު 13 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަންވާނެ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފީއަކީ 10،000 ރުފިޔާ އެވެ.