Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޑްވަޓޯރިއަލް

"ކެފޭ ލުޔޫން" އިން ތައާރަފުކުރީ އުއްދަނޑި ޖޫސް!

އަސްލު އުއްދަނޑި ދިޔަ، ނުވަތަ އުއްދަނޑި ޖޫސް "ކެފޭ ލުޔޫން" އިން މާލެއަށް ތައާރަފުކޮށްފި އެވެ. މިއީ މާލޭ ކެފޭއަކުން އުއްދަނޑި ޖޫސް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ކެފޭ ލުޔޫންގައި ރޭ ބޭއްވި ކުޑަ ހަފްލާއެއްގައި، ގުދުރަތީ ފްރެޝް އަސްލު އުއްދަނޑީގެ ޖޫސް ތައާރަފުކުރީ އެތަނުގެ ފްލޯ މެނޭޖާ އަލީ ނިއުޝާދް އަދި ޑްރިންކް ސްޕެސިއަލިސްޓް ސޮޖީބް އެވެ.

ދުނިޔޭގެ ގިނަބަޔަކަށް މަގްބޫލު، ސިއްހީ ދާއިރާ އަދި ކަސްރަތު ދާއިރާގެ ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ލިބިފައިވާ "އަސްލު އުއްދަނޑީގެ ޖޫސް ވަގުތުން ތާޒާ ކަމާއިއެކު ފެލައިގެން ލިބުމަކީ މާލޭގައިވެސް ސިއްހަތާއި ދޭތެރޭ ވިސްނާ ވަރަށް ގިނަބަޔަކު އިންތިޒާރު ކުރަމުންދިޔަ ކަމެއް ކަމުގައި ވާތީ ކެފޭ ލުޔޫންގެ އެ ހުށައެޅުން ގިނަބަޔަކަށް ކަމުދާނެ" ކަމަށް މެނޭޖަރު ނިއުޝާދު ވިދާޅުވި އެވެ.

އުއްދަނޑި ޖޫސްގެ އިތުރުންވެސް، ގިނަ ދިވެހިންނަށް ކަމުދާ ތަބީއީ ބުއިމެއް ކަމަށްވާ ރުކުރާ ވެސް ކެފޭ ލުޔޫން އިން ލިބެން އެބަހުއްޓެވެ.

"ވަގުތުން ފެލައިގެން އުއްދަނޑީގެ ޖޫސް ހަމަ ބަލަން ހުއްޓައި މިދެނީ ވަރަށް އެކަށީގެންވާ އަގަކު. އުއްދަނޑި އަދި ރުކުރާގެ ބުއިންތަކުން ގައިގެ ވަރުޖައްސާ ދުވާލުގެ ހޫނުކަން ފިލުވާލަން ގިނަބަޔަކު ބޭނުންވޭ މިހާރު" ނިއުޝާދު ވިދާޅުވި އެވެ.

ކެފޭ ލުޔޫންގެ ޑްރިކް ސްޕެޝަލިސްޓް ފާހަގަކުރި ގޮތުގައި އުއްދަނޑީގެ މޮހީޓޯ އަކީ މީގެ ކުރިން މާލެއިން ލިބޭ އެއްޗެއް ނޫނެވެ.
"މިއީ ހަމަ ފުރަތަމަ ފަހަރު [އުއްދަނޑި ޖޫސް ތައާރަފުކުރާ] އަދި ހާއްސަކޮށް ކުރިމަތީގައި އޮތީ ރޯދަމަސް. ގިނަބަޔަކު ރޯދަ ވީއްލަންވެސް ބޭނުންވާނީ ތަބީއީ މީރު ބުއިންތަކުން. އެހެންވެ އާއިލާ ތަކާއި ރޯދަ ވީއްލަން މިސްކިތްތަކަށްވެސް ގެންދެންވަން ބޭނުންވާ ފަރާތްތަކަށް އެ ޗާންސް މިއޮތީ ހަމަ ހުޅުވިފައި."
އޭގެ އިތުރުން ކެފޭ ލުޔޫނުން މިހާރު ގިނަ ޒުވާނުންގެ މެދުގައި މަގުބޫލު ސްވިސް ވަފަލް އަދި ހެޕީވެބިޓް އަދި ޕިއްޒާ އާއި ތަފާތު މީރު ހެދިކާގެ އިތުރުން އެކި ވައްތަރުގެ ބުއިންތައް ލިބެން ހުންނާނެ ކަމަށް އެފަރާތުން ބުނެ އެވެ.
ކެފޭ ލުޔޫން ހުންނަނީ ޕާކިސްތާން އެމްބަސީ ކުރިމަތިން ޝަހީދު ކުޑައާދަމުގެ ކުޑަތުއްތު ހިނގުމުގައި (ރަސްރަނިޕާރކް) ގެ ފުރަގަހުން ގ. ޒަފްނާގަ އެވެ. ކެފޭގައި ލިބެން ހުރި އައިޓަމްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު 9375389 ނަންބަރުން ލިބޭނެ އެވެ.
މި ލިއުމާއި ގުޅޭ