Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްރީލަންކާ

އިންޑިއާ މަސްވެރިންނަށް ލަންކާ ކަނޑުގައި މަސް ބޭނުމުގެ ހުއްދަ ދޭން އުޅޭތީ ލަންކާ މަސްވެރިން މުޒާހަރާ ކުރަނީ

އިންޑިއާގެ މަސް ބޯޓުތަކަށް ލަންކާގެ ކަނޑުގެ ސަރަހައްދުން މަސް ބާނަން ހުއްދަދޭން ލަންކާ ސަރުކާރުން ވިސްނަމުންދާތީ ލަންކާގެ މަސްވެރިން ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.

ލަންކާގެ ޖަފްނާގެ މަސްވެރިންގެ މައްޗަށް އެކުލެވޭ 40 ޖަމާއަތަކުން ވަނީ އިންޑިއާ މަސްވެރިންނަށް ލަންކާ ސަރަހައްދުން މަސް ބާނަން ހުއްދަ ދީފިނަމަ އެމީހުންގެ މަސް ދޯނިތައް އެއްގަމަށް އެހެލައި މަގުމައްޗަށް ނެރެ މުޒާހަރާ ކުރާނެ ކަމަށް ބުނެފައެވެ. އެ ޖަމާއަތްތަކުގައި ޖުމްލަ 8000 އެއްހާ މަސްވެރިން ހަރަކާތްތެރިވެއެވެ.

ލަންކާގެ ނޫހަކަށް މައުލޫމާތު ދެމުން މަސްވެރިންގެ ފަރާތުން ބުނެފައިވާގޮތުގައި އިންޑިއާ މަސްވެރިންނަށް އެފަދަ ހުއްދައެއް ދިނުމަކީ އެމީހުން ކާންބޯން ކުރާ މަސައްކަތަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ އިންޑިއާ އާއި ލަންކާގެ ކަނޑުގެ ސަރަހައްދު ވަކިކުރާ އިންޓަނޭޝަނަލް މެރިޓައިމް ބައުންޑްރީ ލައިނަށްވެސް ކުރެވޭ ޖެއްސުމެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މިފަަދަ ހުއްދައެއް ދީފިނަމަ ދެން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް ދެނެގަންނަންވެސް އުނދަގޫ ވާނެ ކަމަށް ބުނެ ލަންކާގެ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އިންޑިއާގެ މަސްވެރިންނަށް މިފަދަ ހުއްދައެއް ދިނުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވެފައިވަނީ ލަންކާގެ މަސްވެރިކަމާއި ބެހޭ ވަޒީރު ޑައުގްލަސް ޑެވަނަޑަނާއެވެ. އަދި އެކަން އިއުލާން ކުރެއްވީ އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފޮރ ފިޝަރީޒް ލ.މުރުގަން ލަންކާގެ ޖަފްނާއަށް ވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ލަންކާގެ މަސްވެރިން ދެކޭ ގޮތުގައި އިންޑިއާ ސަރުކާރުން ދަނީ މި ހުއްދަ ދޭން ނިންމުމަށް ލަންކާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. ލަންކާގެ ރައީސް ރަނިލް ވިކްރެމްސިންހް އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި މި ކަމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އިންޑިއާ މަސްވެރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިންކަން ކުރުމަކީވެސް ވަރަށް އާންމުކަމެކެވެ.

މި ލިއުމާއި ގުޅޭ