Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު ކުންފުނިތައް

ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭ ރިޕޯޓު ފާއިތުވި ތިން ކުއާޓާގައި ނުނެރޭ

ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ވަޒަންކުރުމަށްފަހު ކޮންމެ ކުއާޓާއެއްގައި ފިނޭންސް މިނިސްޓްރީން ޝާއިއުކުރަމުން އައި ކުއާޓާލީ ރިޕޯޓުތައް ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާ ފިޔަވައި އެއްވެސް ކުއާޓާއެއްގައި ނެރެފައިނުވެއެވެ.

ކުރިން ކޮންމެ އަހަރެއްގައިވެސް އެ އަހަރުގެ ހުރިހާ ކުއާޓާއެއްގައި ކުންފުނިތަކުގެ މާލީ ހާލަތު ވަޒަންކޮށް "ކުއާޓާލީ ރިޕޯޓް އޮފް ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް" ސަރުކާރުން އައީ ޝާއިއުކުރަމުންނެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ފެށިގެން ކޮންމެ ކުއާޓާއެއްގައި ޝާއިއުކުރާ މި ރިޕޯޓުތަކަކީ އެއް ކުއާޓާއިން އަނެއް ކުއާޓާއަށް ކުންފުނިތަކުގެ މާލީ ހާލަތަށް އަންނަ ބަދަލުތައް އަޅައިކިޔައި، ކުންފުނިތަކުގެ ދަރަންޏާއި އަރަނި އެނގޭނެހެން އެކުލަވައިލާ ރިޕޯޓުތަކެކެވެ.

އެގޮތުން ކޮންމެ ކުއާޓާއެއްގައި އެ ކުންފުނިން ހިންގާ މަޝްރޫޢުތަކާއި، ކުންފުނީގެ ދަރަނީގެ ހާލަތާއި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކާއި، ކުންފުންޏަށް ލިބޭ ފައިދާގެ ތަފުސީލުތައް މި ރިޕޯޓުގައި ހިމަނައެވެ. އަދި ކޮންމެ ކުންފުންޏަކުން ރަނގަޅުކުރަންޖެހޭ ކަންކަން އެ ރިޕޯޓުގައި ފާހަގަކުރެއެވެ.

މި ރިޕޯޓުތަކުން ކުންފުނިތަކަށް ސަރުކާރުން ދެމުންދާ ކެޕިޓަލް އެހީގެ މިންވަރާއި، އެ ކުންފުނިތަކުގެ ޚަރަދު އިތުރުވާ ގޮތްތަކާއި ކުންފުނީގެ މާލީ ދުޅަހެޔޮކަން ހުރި މިންވަރު ވަޒަންކުރެވެއެވެ. އަދި އެ ކުންފުނިތަކުގެ ރިވީއުގެ ހުލާސާއެއް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރެއެވެ.

ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއަށް ފަހުގައި އެ ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލާފައިވާއިރު، ވޯލްޑް ބޭންކާއި އައިއެމްއެފްއިން ފާހަގަކުރާ ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ޚަރަދު ހަންމަތަނުކުރެވި އިތުރުވުމަކީ ރާއްޖޭގެ އިޤުތިޞާދަށް އޮތް ހިރާހެކެވެ.

ވޯލްޑު ބޭންކުން ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހު ނެރުނު ރިޕޯޓެއްގައި ފާހަގަކުރި ގޮތުގައި ދައުލަތުގެ ކުންފުނިތަކުގެ ސަބަބުން ރާއްޖޭއަށް ޖުމްލަ 38.5 ބިލިއަން ރުފިޔާ ނުވަތަ 2.5 ބިލިއަން ޑޮލަރުގެ ހިރާސްއެއް އެބައޮތެވެ. އެއީ 2019 ވަނަ އަހަރު ރާއްޖޭގެ މުޅި ޤައުމީ އުފެއްދުންތެރިކަމުގެ 45 އިންސައްތައާ އެއް މިންވަރުގެ އަދަދެއްކަން އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.


އެގޮތުން ދައުލަތުގެ ކުންފުނިތަކުން ދެ ބާވަތެއްގެ ހިރާސް ކުރިމަތިވެފައި އޮތްކަން އެ ރިޕޯޓުގައި ފާހަގަކުރިއެވެ. އެއިން އެއް ހިރާސަކީ އެ ކުންފުނިތަކަށް ނަގާފައިވާ ދަރަނީގެ ހިރާހެވެ. އެގޮތުން 1.6 މިލިއަން ޑޮލަރު ދައުލަތުން ގަރަންޓީ ދީގެންނާއި ސީދާ ކުންފުނިތަކުން ލޯނުގެ ގޮތުގައި ނަގާފައިވެއެވެ. އެއީ 24.6 ބިލިއަން ރުފިޔާއެވެ.

އަދި ދެވަނަ ބާވަތުގެ ހިރާސް ކަމުގައިވާ އެކި ފަރާތްތަކަށް ދައްކަންޖެހި ކުންފުނިތަކުން ނުދައްކާ ހުރި ފައިސާގެ އަދަދުވަނީ 859 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. އެއީ 13.2 ބިލިއަން ރުފިޔާއެވެ.

އަދި ކޮންމެ އަހަރެއް ނިމުމުން އެ އަހަރެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ވަޒަންކުރުމަށްފަހު ޝާއިއުކުރަމުން އައި "އެނުއަލް ފައިނޭންޝަލް ރިވީވު އޮފް ސްޓޭޓް އޯންޑް އެންޓަ ޕްރައިސަސް" ރިޕޯޓު އެންމެ ފަހުން ޝާއިއުކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން ފާއިތުވި ދެ އަހަރުގެ ރިޕޯޓު ފިނޭންސްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިނުވެއެވެ.

މި ލިއުމާއި ގުޅޭ