Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ ފޭސް 2

ރޯދަމަހަށް ހާއްސަކޮށް ހުޅުމާލެ ފޭސް 2 ގެ ވަގުތީ މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރަން ނިންމައިފި

ހުޅުމާލެ ފޭސް 2 ގައި ގާއިމްކުރާ ވަގުތީ މާރުކޭޓުގެ ގޮޅިތަކުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، އެތަނުން 30 ގޮޅި ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.

އެ ގޮޅިތައް ކުއްޔަށް ދޭނީ 50 ދުވަހުގެ މުއްދަތަކަށް ކަމަށް ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނިގައި ބުނެފައިވެއެވެ.

ވުމާއިއެކު، އެ ގޮޅިތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އަމީން އެވެނިއު މޭޕަލް އިމާރާތުގެ 1 ވަނަ ފަންގިފިލާގައި ހުރި ސިޓި ކައުންސިލްގެ އިދާރާއަށް ދުރެވެ، ކުއްޔަށް ނެގުމަށް ހުށަހަޅަންޖެހޭ ފޯމު ނެގުމަށްފަހު، ފުރާފައި 11 މާޗުވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާއަށް ލުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.


މި ފުރުސަތަކީ ރޯދަމަހާއި ގާތްކޮށް، ހުޅުމާލޭގެ އެކި ފޭސްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކި ޒާތުގެ މޭވާއާއި ތަރުކާރި ފަސޭހައިން ގަނެ ވިއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި ހުޅުވާލާފައިވާ ފުރުސަތެކެވެ.

މި ލިއުމާއި ގުޅޭ