Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައަނަލް މެސީ

މިދިޔަ އަހަރު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރި އަކަށް މެސީ ހޮވިއްޖެ

މި ނިމުނު 2022 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެއެވެ.

ފީފާއިން ކޮންމެ އަހަރަކު ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމު މިއީ މެސީއަށް މި އެވޯޑު ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ވެސް މެސީއަށް ވަނީ މި އެވޯޑް ލިބިފައެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަ ކުރި ކުޅުންތެރިންގެ ތެރޭގައި ފްރާންސް ގައުމީ ޓީމު އަދި ޕީއެސްޖީގެ ކީލިއަން އެމްބައްޕޭއާއި ފްރާންސް ގައުމީ ޓީމު އަދި ރިއަލް މެޑްރިޑްގެ ކަރިމް ބެންޒީމާ ފަދަ ކުޅުންތެރިން ހިމެނެއެވެ.

މިދިޔަ އަހަރުގެ ވަނަތަކަށް ބަލާއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބާސެލޯނާގެ އަންހެން ޓީމަށް ކުޅެމުން އަންނަ އަދި ސްޕެއިންގެ ގައުމީ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އެލެކްސިއާ ޕުޓެލަސް ސެގުރާ އެވެ.

އެންމެ މޮޅު ފިރިހެން ކީޕަރަކަށް އާޖެންޓީނާގެ ގައުމީ ކީޕަރުގެ އިތުރުން އިނގިރޭސި ވިލާތުގެ އެސްޓަން ވިލާގެ އެމިލިއާނޯ މާޓިނޭޒް ހޮވިފައިވާއިރު، އެންމެ މޮޅު އަންހެން ކީޕަރަކަށް ހޮވިފައި ވަނީ އިނގިރޭސިވިލާތުގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކީޕަރު، މެންޗެސްޓަރ ޔުނައިޓެޑުގެ އަންހެން ޓީމުގެ ކީޕަރު މެރީ އިއާޕްސް އެވެ.

ފީފާއިން ހޮވާ އެންމެ މޮޅު ފިރިހެން ކޯޗަކަށް އާޖެންޓީނާގެ ކޯޗް ލިއޮނަލް ސްކަލޯނީ ހޮވުނުއިރު، އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ ނެދެލޭންޑްސްގެ އަންހެން ގައުމީ ޓީމުގެ ކޯޗް ސެރީނާ ވިގްމަން އެވެ.

މި ލިއުމާއި ގުޅޭ