Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑޮނޭޝިއާ

ތުރުކީގައި ޤާއިމުކުރި އިންޑޮނޭޝިއާގެ ފީލްޑް-ހޮސްޕިޓަލުގައި 2،000 އެއްހައި މީހުންނަށް ފަރުވާދީފި

ތުރުކީއަށް އައި ބިންހެލުމާ ގުޅިގެން އެ ޤައުމުގައި އިންޑޮނޭޝިއާއިން ޤާއިމުކުރި ފީލްޑް-ހޮސްޕިޓަލުގައި 2،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީފައިވާކަމަށް އިންޑޮނޭޝިއާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިޔާއިން ޤާއިމުކުރި ފީލްޑް-ހޮސްޕިޓަލުގެ ވެރިޔާ ޑރ.ކޮރޯނާ ރިންޓަވާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ތުރުކީގައި ހަރަކާތްތެރިވި އިންޑޮނޭޝިއާގެ ކުއްލި ހާލަތުގައި މަސައްކަތްކުރާ ސިއްހީ ޓީމުގެ އެހީތެރިކަން ހޯދި ބަލިމީހުންގެ %70 މީހުންނަކީ ނޭވާލުމުގެ މައްސަލަތަކާ ގުޅިގެން ފަރުވާ ހޯދި މީހުން ކަމަށެވެ.

ނޭވާލުމުގެ މައްސަލަތައް ދިމާވުމަށް މެދުވެރިވީ މޫސުމާއި، ހިޔާތަކުގެ ހާލަތާއި، ބިމާ ހަމަވި އިމާރާތްތަކުގެ ގައުތައް ނެގުމުގެ މަސައްކަތްކުރުމުގެ ސަބަބުން ކުނޑީގެ އަސަރުކުރުމުގެ ސަބަބުންކަމަށް ބެލެވޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފެބްރުއަރީ 6 ވަނަ ދުވަހު ތުރުކީއަށް ނުރައްކާތެރި ބިންހެލުމުގެ އަސަރުކުރި 11 ޕްރޮވިންސްގެ ތެރެއިން ހަޓޭ ޕްރޮވިންސްގެ ހައްސާ ޑިސްޓްރިކްޓުގައި އިންޑޮނޭޝިޔާއިން ފީލްޑް-ހޮސްޕިޓަލެއް ޤާއިމުކުރީ 15 ފެބްރުއަރީގައެވެ.

ތުރުކީގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވަނީ އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 200 މީހުންނަށް ފަރުވާ ދެމުން އައި ކަމަށެވެ. އެއީ އެ ހޮސްޕިޓަލުގެ ޤާބިލުކަންކަމަށްވާ ދުވާލަކު 150 މީހުންނަށްވުރެ 50 މީހުން އިތުރު މިންވަރެކެވެ.

ހޯމަދުވަހު އިންޑޮނޭޝިއާގެ މެޑިކަލް ޓީމުގެ މަސައްކަތް ނިންމައިލި ނަމަވެސް އެ ހޮސްޕިޓަލުގައި ހުރި ހުރިހާ ވަސީލަތްތަކެއް ތުރުކީގެ ޞިއްހީ ވުޒާރާއަށް ހަދިޔާކުރަން އިންޑިނޭޝިޔާއިންވަނީ ނިންމާފައެވެ. އެ ހޮސްޕިޓަލުގައި ހުރި ވަސީލަތްތަކުން އިތުރު 3 މަސްދުވަހު ޚިދުމަތް ދެވޭނެކަމަށް އިންޑިނޭޝިޔާގެ ސަފާރާއިން ބުނެއެވެ.

ތުރުކީއަށް ފެބްރުއަރީ މަހުގެ ކުރީ ކޮޅުގައި ވިދިވިދިގެން އައި ނުރައްކާތެރި ދެ ބިންހެލުމުގެ ސަބަބުން 44،374 މީހަކު މަރުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ