Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ސިޓީ އުރާގައި ނަގުދު ފައިސާއާއި ޗެކު ޖަމާކުރުމުގެ ޚިދުމަތް ބީއެމްއެލްއިން ހުއްޓާލައިފި

ސިޓީ އުރާގައި ފައިސާއާއި ޗެކު ޖަމާކުރުމުގެ ޚިދުމަތް އަންނަ މަހުން ފެށިގެން ހުއްޓައިލަން ބޭންކް އޮފް މޯލްޑިވްސްއިން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

އެގޮތުން ބީއެމްއެލްއިން ނިންމާފައިވަނީ މާޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިޓީ އުރާގައި ފައިސާ ޖަމާކުރުމުގެ ޚިދުމަތް ދިނުން ހުއްޓައިލުމަށެވެ.

ކުރިން ސިޓީ އުރާގައި ފައިސާ ޖަމާކުރެވޭއިރު، ނޫޓުގެ ފެންވަރު ދަށްވުމުގެ ސަބަބުން އޭޓީއެމް މެޝިނުން އާންމުކޮށް ބަލައިނުގަންނަ ފައިސާއާއި 5 ރުފިޔާއާއި 10 ރުފިޔާގެ ނޫޓުވެސް އެކައުންޓަށް ޖަމާކުރެވެއެވެ.

އެހެންނަމަވެސް ސީދާ އޭޓީއެމުން ފައިސާ ޖަމާކުރުމާ ޚިލާފަށް ސިޓީ އުރާގައި ފައިސާ ޖަމާކުރުމުގެ ޚިދުމަތް ބޭނުންކޮށްގެން ޖަމާކުރާ ފައިސާ ޖަމާވާނީ ބަންދު ދުވަސްތައް ނުހިމަނައި ޖެހިގެން އަންނަ ދުވަހުއެވެ.

ބީއެމްއެލުން ބުނި ގޮތުގައި އެ ބޭންކުން މިފަދައިން ފައިސާ ޖަމާކުރުން ހުއްޓައިލަން ނިންމީ ޑިޖިޓަލް ފައިސާއާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައެވެ.

މި ލިއުމާއި ގުޅޭ