Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

ތުރުކީއަށް އަނެއްކާ ވެސް ބިންހެލުމެއް: ހަތަރު މީހަކު މަރުވެއްޖެ

ތުރުކީއަށް އަނެއްކާ ވެސް ބިންހެލުމެއް އައިސް މިހާތަނަށް ހަތަރު މީހުން މަރުވެއްޖެ އެވެ.

ތުރުކީގެ ދެކުނުގެ މަލަޓިއާ ޕްރޮވިންސްގެ ޔެސިލިއާޓް އަވަށަށް 5.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މިބިން ހެލުމުގެ ސަބަބުން މި އަދަދު އިތުރު ވެދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތުރުކީ އާއި ސީރިޔާއަށް މިދިޔަ ފެބްރުއަރީ 6 އަދި 7 ގައި އައި ބާރުގަދަ ބިންހެލުންތަކާއި އެކު މިހާތަނަށް 50،000 ހަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު ވެސް އުޅެނީ އެތައް ގުނައެއް މަތީގައެވެ.

މީގެ އިތުރުން މަހުގެ 20 ވަނަ ދުވަހު ވެސް ތުރުކީއަށް ވަނީ 6.4 މެގްނިޓިއުޑުގެ ބާރު މިނުގައި ބިންހެލުމެއް އައިސްފައެވެ. ބިންހެލުމުގެ ސަބަބުން ވެސް ބައެއް އިމާރާތްތަކަށް ގެއްލުންވިކަމަށް ތުރުކީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ތުރުކީއަށް ފެބްރުއަރީ 6 ގައި އައި ބިންހެލުމަށްފަހު މިފަދަ ލޮޅުންތައް އަދިވެސް ދަނީ އަރަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ލޮޅުންތައް އަރާނެ ކަމަށް ބެލެވެއެވެ. އޭގެ ސަބަބުން ކުރިން އައި ބިންހެލުމުގެ ސަބަބުން ނުވެއްޓި ހުރި އިމާރާތްތައްވެސް ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ.
މި ލިއުމާއި ގުޅޭ