Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ތިލަފުށިން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ސިނާއީ ކަންކަމަށް ބޭނުންކުރަމުން އަންނަ ކ. ތިލަފުށީގެ ދެވަނަ ފޭސްއަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް ފެށިކަން ހާމަކުރެއްވީ، މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި އެޗްޑީސީގެ ސީއޯއޯ އަހުމަދު ޝާތިރު އެވެ. އޭނާ ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ޑްރެޖަރު ގެންގޮސް ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ތިލަފުށި ބޮޑުކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެޗްޑީސީން މިދިޔަ ޑިސެމްބަރު މަހު ހަވާލުކުރީ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ އެވެ. އެއީ ސިނަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރި ޗައިނާ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަންސް (ސީސީސީސީ) ކުންފުނީގެ ގޮތްޕެކެވެ.
އެ މަޝްރޫއުގެ ދަށުން އެޗްޑީސީ އިން ގާތްގަނޑަކަށް 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކާނެ އެވެ. އެ މަސައްކަތް އެއްކޮށް ނިމޭނީ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެ އެވެ.
ތިލަފުށި ހިއްކަން ނިންމާފައިވަނީ ތިން ބަޔަކަށް ކަމަށްވާއިރު، ފުރަތަމަ ބައިގައި ހިއްކާނީ 40 ހެކްޓަރުގެ ބިމެވެ. މި މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން އަންދާޒާކުރެ އެވެ.
އެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ވިޔަފާރިއަށް ހާއްސަ ސިނާއީ މަސައްކަތްތައް ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން އަލަށް ހިއްކާ ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ކުދި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދެއް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
ތިލަފުށިން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، ބޭރު ފަރާތްތައް ހިމެނޭ ގޮތަށް ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ތިލަފުށިން ބިން ދޫކުރަން އެޗްޑީސީން ވަނީ ނިންމާފަ އެވެ. ހިއްކާ ބިމުގެ ތެރެއިން 4.3 ހެކްޓަރު ބީލަމުގެ އުސޫލުން ދޫކުރާނެ ކަން އެޗްޑީސީން އިއުލާނު ކޮށްފައިވާއިރު، އެ ބިންތަކުން ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުކުރެވެ އެވެ. ބޭރު ކުންފުނިތަކަށް 99 އަހަރަށް އެ ބިންތަށް ދޫކުރާނީ ކުށްޔަށެވެ.
މި ލިއުމާއި ގުޅޭ