އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޤައުމީ ދިފާއީ ބާރުގެ މޭޖާ ނަވީން ޒުބައިރުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހަށް އޭސީސީން ފޮނުވާފައިވަނީ ނަވީނުގެ މައްޗަށް 6 ދައުވާއެއް އުފުލުމާމެދު ގޮތެއް ނިންމާށެވެ. އެގޮތުން އޭސީސީން އޭނާގެ މައްޗަށް އުފުލާފައިވާ ހަ ދައުވާއަކީ:
އޭގެ އިތުރަށް މި މައްސަލާގައި ދައުލަތަށް ގެއްލުނުކަމަށް ބުނާ 100،000 އެމެރިކާ ޑޮލަރު ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގާފައިވާކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ ނަވީނުގެ އެކައުންޓަށް އެސްއޯއެފް މެދުވެރިކޮށް 100،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން 2019 ވަނަ އަހަރު އޭނާ މަޤާމުން ސަސްޕެންޑުކުރިއެވެ.
ނަމަވެސް ފަހުން އެ ސަސްޕެންޝަން އުވައިލާ އޭނާ ވަޒީފާއަށް ނެރެފައިވެއެވެ. މިހާރުވެސް އޭނާ ހުންނެވީ ސިފައިންގެ މަޤާމުގައެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގައި މިހާތަނަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުވެފައިވަނީ އެ ދައުވާތަކަށް އިއުތިރާފުވެފައިވާ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތުގެ މައްޗަށެވެ.
އެ ދެ ބޭފުޅުން ހެކިންގެ ގޮތުގައި ބޭނުންކޮށްގެން އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅި ރިޝްވަތު ނެގުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގައި އެމަނިކުފާނަށް ލިބުނުކަމަށް ބުނެފައިވާ ފައިސާއަކީ އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާއެއް ނޫނެވެ.