Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލައަށް ޑިފެންސުން ތަދައްހުލުވެއްޖެ

ރާއްޖޭގައި ގާއިމުވެތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުގެ ތަފުސީލު ހާމަނުކޮށްގެން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ޑިފެންސް މިނިސްޓްރީން ތަދައްހުލުވެއްޖެ އެވެ.

އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުގެ ތަފުސީލު ހޯދަން "ދިޔަރެސް" ނޫހުން އެދުމުން ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހާމަކުރަން ދެކޮޅުހެދި އެވެ.އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، މިނިސްޓްރީގެ ނިންމުން ރަނގަޅު ކަމަށް އެ ކޮމިޝަނުން ނިންމި އެވެ.
އެހެންވެ، އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމި ނިންމުން ދިޔަރެސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ އެވެ. ޑިފެންސުން ބުނާ ގޮތުގައި އިންޑިއާ ސިފައިންގެ ތަފްސީލު ދެވެން ނެތް ސަބަބަކީ އެ މައުލޫމާތު ދީފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ އެވެ.
އެ މައްސަލައިގެ ބައެއް އަޑުއެހުންތައް މިހާރު ބާއްވާފައިވާއިރު، އެ މައްސަލައަށް ތަދައްހުލުވާން އެދި ޑިފެންސް މިނިސްޓްރީން ވަނީ ހުށަހަޅާފަ އެވެ.
ތަދައްހުލު ވުމަށް އެދޭ ސަބަބެއް ކަމަށް ޑިފެންސުން ބުނީ، ހައިކޯޓުން ހުކުމްކުރާ ގޮތަކުން އެ މައްސަލައިގައި ހޯދަން އެދޭ މައުލޫމާތު ދޫކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ، ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން އެ މައްސަލައަށް ތަދައްހުލުވުމަކީ މުހިންމު ކަމެއްކަމުގައި ދެކޭތީ އެވެ.
ދައުލަތުން އެދުނީ އެހެންވެ، އެ މައްސަލަ ތަދައްހުލުކޮށްދެއްވައި، މައްސަލައިގައި ދައުލަތުގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ބަދަލުކުރަންޖެހޭ ހާލަތެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި، އެ މޭރުމުން ހުކުމް ކޮށްދެއްވުމަށް އެދިފައިވެ އެވެ.

އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލަ ހައިކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު ގިނަ އަދަދަކަށް އިންޑިއާ ސިފައިން ތިބިއިރު އެ ސިފައިންގެ އަދަދު މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވެ އެވެ.

މި ލިއުމާއި ގުޅޭ