Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ)

ސްކޭމް މައްސަލަތަކާއި ގުޅިގެން ސެމްބެ: މުއައްސަސާތަކުގެ ވެރިންގެ ޒިންމާ ކޮބައިތޯ؟

ސްކޭމްތަކުގެ ސަބަބުން ރައްޔިތުންގެ ފައިސާތައް ގެއްލެމުންދާއިރު މުއައްސަސާތަކުގެ ވެރިންގެ ޒިންމާއަކީ ކޮބައިތޯ ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ސުވާލު ކުރައްވަިފިއެވެ.

ސެމްބެ މިފަދައިން ސުވާލުކުރައްވާފައިމިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ބަހައްޓާ ފައިސާ ގެއްލޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

އޭނާ ވިދާޅުވީ މި މައްސަލައަކީ ދިވެހިރައްޔިތުންގެ ނުހަނު ކަންބޮޑުވުން އޮތް މައްސަލައެއްކަމަށާއި ބީއެމްއެލްގެ އެކައުންޓްތަކުން މި މައްސަލަ ދިމާވުމަކީ އެއްވެސް ރައްޔިތަކު އެދޭނެގޮތެއް ނޫންކަމަށެވެ.

ސެމްބެ އިތުރަށް ވިދާޅުވީ މިފަދަ މުއައްސަސާތަކުން އިހްމާލުތައް އަންނަނީ ކީއްވެގެންތޯ ސުވާލު އުފައްދަން ޖެހޭކަމަށާއި މި ފަދަ މައްސަލަތަކުގައި އެންމެ ފުރަތަމަ ދާން ޖެހޭ މުއައްސަސާއަކީ ފުލުހުންގެ އިދާރާކަމަށްވާއިރު ފުލުހުންގެ އިދާރާގެ އިހްމާލުތައް އިންތިހާއަށް ބޮޑުކަމަށެވެ.

"މުޅި ނިޒާމްގެ ތެރެއިން ރައްޔިތުންގެ އިތުބާރު ގެއްލިގެންދާތަން މި ފެންނަނީ، ރައްޔިތުން މާޔޫސްވެފައިވާތަން ފެނިގެން މިދަނީ، ދައުލަތެއް ހިންގަން ރައްޔިތުން އިތުބާރުކޮށްފައި ހަވާލުކުރީމައި އެ ސަރުކާރަކުން 5 އަހަރުގެ ތެރޭގައި އެ އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ރައްޔިތުންނާ ވަރަށް ނިކަމެތި ކަންކަމާ ކުރިމަތި ލާން ޖެހޭ" ސެމްބެ ވިދާޅުވިއެވެ.

މީގެއިތުރުން މެންބަރު ވިދާޅުވީ މިއަދު ފެންނަނީ ނިޒާމްގެތެރޭގައި ހުރި މައްސަލަތަކަށް އެޓެންޑް ނުވުމުގެ ސަބަބުން ރައްޔިތުން ނިކަމެތިވެ ބިކަވާ މަންޒަރު ކަމަށާއި ދުވާލަކު އެތައް މިލިއަން ރުފިޔާއެއް އެކައުންޓްތަކުން ގެއްލެމުންދާއިރު އެ މައްސަލަތައް ހުށަހެޅީމައި ނުބެލި ދިގުލައިގެންދާ މަންޒަރުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އަދި އެއްވެސް ކުށެއް ނެތް މީހެއްގެ އެކައުންޓަށް އެހެން މީހަކު ފައިސާ ޖަމާކޮށްގެން އޭނާގެ އެކައުންޓް ފްރީޒްކުރުމުން އެކަމުގެ ސަބަބުން ރައްޔިތުންނަށް ތަކްލީފުތަކާއި ކުރިމަތިލާން ޖެހޭއިރު އެފަދަ މައްސަލަތައް ނުބެލި ދިގުލައިގެންދާތީ އެކަންކަމާ ހަވާލުވެ ތިބި މުއައްސަސާތަކުގެ ވެރިންގެ ޒިންމާއަކީ ކޮބައިތޯ ސުވާލު އުފެދޭކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ