Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތުގެ ރެކޯޑިން އަންނަ މަހުގެ 6 ވަނަ ދުވަހު ފަށަނީ

މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން މާލެސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަދަހަ މުބާރާތުގެ ރެކޯޑިންގް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެގޮތުގައި މަދަހަ މުބާރާތުގެ ރެކޯޑިން ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގައެވެ. އެ މުބާރާތުގެ ރެކޯޑިންގްތައް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި މި އަހަރުގެ މަދަހަ މުބާރާތުގައި އެކި އުމުރުފުރާތަކުން 304 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެ މުބާރާތް ކުރިއަށް ގެންދާނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ.

މަދަހަ މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ.

"މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444" ގެ ނަމުގައި ކުރިއަށް ގެންދާ އެ މުބާރާތާއި ގުޅޭ މައުލޫމާތު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ލިބެން ހުންނާނެއެވެ.

މަދަހަ މުބާރާތުގެ އިތުރުން ރަމަޟާން މަހަށް ހާއްސަކޮށްގެން ޤުރުއާން މުބާރާތެއްވެސް މަލޭ ސިޓީ ކައުންސިލުން ބާއްވާފައިވެއެވެ. 756 ކުދިން ބައިވެރިވި އެ މުބާރާތުގެ ރެކޯޑިންގް މިހާރު ވަނީ ނިންމާލާފައެވެ.

މި ލިއުމާއި ގުޅޭ