Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ހޯޑެއްދޫ ގެއަކަށް ތިންލައްކަ ރުފިޔާގެ ކަރަންޓު ބިލެއް!

ގދ. ހޯޑެއްދޫގެ ގެއަކަށް މި މަހު ތިން ލައްކަ ރުފިޔާއަށްވުރެ ބޮޑު ކަރަންޓު ބިލެއް ފޮނުވައިފި އެވެ.

އިއްޔެ ހޯޑެއްދޫ ހަވީރީއައްސޭރި ގެއަށް ފޮނުވި ބިލުގައި ވާގޮތުން މި މަހު ކަރަންޓު ބިލަށް 331،421ރ. އަރާފައިވެ އެވެ. އެއީ ޖެނުއަރީ 25 އިން އިއްޔެގެ ނިޔަލަށް ބޭނުންކޮށްފައިވާ ކަރަންޓަށެވެ.

އެކަމަކު އެ ގެއަކީ މީގެ ކުރިން އެހާ ބޮޑު ކަރަންޓު ބިލެއް އަންނަ ގެއެއް ނޫންކަމަށް މައުލޫމާތު ލިބެ އެވެ.
އެހެންކަމުން މި މަހު ކުއްލިއަކަށް އެހާ ބޮޑު ކަރަންޓު ބިލެއް އެރީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.

މީގެ ކުރިންވެސް ފެނަކައިން އޮޅިގެން އެކި ގޭގެއަށް މާ ބޮޑު އަދަދުތަކުގެ ބިލު ފޮނުވި މައްސަލަތައް ފެންމަތިވެފައިވެ އެވެ. އަދި ވަކި މަސްމަހުގައި ހުރިހާ ގެއެއްގެ ކަރަންޓު ބިލުތައް ބޮޑުވާ މައްސަލަތަށްވެސް ފެންމަތިވެފައިވާއިރު، ފެނަކައިން ބުނާ ގޮތުގައި އެހެން ވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު ގިނަވާތީ އެވެ.

މި ލިއުމާއި ގުޅޭ