Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ ހައްލުކުރުމަށް ގޮވައިލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވައިލާ ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.

މެންބަރު ނަޝީދުގެ މި ކުއްލި މައްސަލައަށް ބަހުސްކުރުމާމެދު މަޖިލީހުން ނެގި ވޯޓުން އެ މައްސަލައަށް ބަހުސްކުރުމަށް ވަނީ ފާސްވެފައެވެ. އެ މައްސަލައަށް ބަހުސް ކުރުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ ތެރެއިން 33 މެންބަރަކު ވަނީ ނިންމަވާފައެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 4 މެންބަރެކެވެ.

މޮސްޓާގެ ކުއްލި މައްސަލާގައި ވިދާޅުވެފައިވަނީ މިހާރަކަށް އައިސް ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން ގިނަ ބައެއްގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ އެކި އެކި ގޮތުން ގެއްލެމުންދާކަމަށެވެ.
އަދި އެފަދަ ގިނަ މައްސަލަތައް ކުރިމަތިވަނީ ބީއެމްއެލްގައި ރައްކާކުރެވިފައި ހުންނަ އާއްމުންގެ ހާއްސާސް އަދި ޕާސަނަލް މައުލޫމާތު ބޭނުންކޮށްގެން އެކި ފަރާތުން ފޯނުގެ ޒަރިއްޔާއިން ނުވަތަ އިންޓަނެޓް މެދުވެރިކޮށްކަމަށާއި ބުރަ މަސައްކަތުން އާއްމުން ގުލާނުކޮށްގެން ހޯދާ ލާރިކޮޅު ފަޅި ސިކުންތެއްގެ ތެރޭގައި ގެއްލޭކަމަށްވެސް އެ މައްސަލާގައި މޮސްޓާ ފާހަގަކުރައްވާފައިވެއެވެ.
މޮސްޓާ އިތުރަށް ވިދާޅުވީ އެ މައްސަލަތައް ބޭންކް އޮފް މޯލްޑިވްސްއާއި އަދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި ނަމަވެސް އެ ގެއްލުނު ފައިސާ ލިބޭނެ ގޮތެއް ނުވުމުގެ އިތުރުން އެކަން ރިޕޯޓުކުރުމުގެ ސަބަބުން ގިނަ ގުނަ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭކަމަށެވެ.
އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ބީއެމްއެލްއަށް ކުރަން ޖެހޭ އިތުބާރު ގެއްލޭއިރު އެހެން ބޭންކުތަކުން އެފަދަ މައްސަލަތައް ކުރިމަތި ނުވެ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްއަށް އިނގިލި ދިއްކުރެވޭ މިންވަރަށް އެއް ދުވަހުން އަނެއް ދުވަހަށް އެފަދަ މައްސަލަތައް އިތުރުވަމުންދާކަމަށެވެ.

އެހެންކަމުން ހަމައެކަނި ބީއެމްއެލްގެ ގިނަ ކަސްޓަމަރުންތަކަކަށް ސްކޭމް ކޯލްތަކާއި އިންޓަނެޓް ލިންކް މެދުވެރިކޮށް އިޔާދަ ނުކުރެވޭ ފަދަ ބޮޑެތި މާލީ ގެއްލުންތައް ލިބެމުންދާ މައްސަލަ ހައްލުކުރުމަށް ސަރުކާރަށް ގޮވައިލާ ކަމަށް މޮސްޓާ ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ