Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުއްލި މަރު

ތ.ބުރުނީގައި ރުކެއް ވެއްޓި އެކަކު ނިޔާވެއްޖެ

ތ.ބުރުނީގައި ރުކެއް ވައްޓާލައި އެ ރުއް ފުރޮޅަން އުޅުމުގެ ތެރޭގައި 4 މީހަކަށް އަނިޔާވެ އޭގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 16:44 އެހާކަށް ހާއިރެވެ. އަނިޔާވި މީހުންނަށް ބުރުނީގެ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ދ.ކުޑަހުވަދޫ ގައި ހުންނަ ދ.އަތޮޅު ހޮސްޕިޓަލުން ދަނީ އިތުރު ފަރުވާ ދެމުންނެވެ.

މިހާދިސާގައި އެކަކު ނިޔާވެފައިވާއިރު އަނިޔާވެ އަނެއް 3 މީހުންތެރެއިން ދެމީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ނިޔާވި މީހާގެ ހަށިގަނޑާއި އަނިޔާވި 3 މީހުންވެސް މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ދަނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންނެވެ.

މި ލިއުމާއި ގުޅޭ