Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފުލުހުންގެ އޮޕަރޭޝަންތަކުގައި ޓޭޒާ ގަން ބޭނުންކުރަން ފަށައިފި

ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓު ފިސްތޯލު ނުވަތަ ޓޭޒާ ގަން ބޭނުންކުރަން މިއަދުން ފެށިގެން ފަށައިފިއެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުން ކަރަންޓު ފިސްތޯލަ ބޭނުންކުރަން ފަށާފައިވާކަން އިއުލާނުކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

އެގޮތުން މާލޭގައި ހަރަކާތްތެރިވާ ފުލުހުންގެ "ހައި ވިޒިބިލިޓީ ޕޮލިސިން" ޓީމުތަކުން މިއަދުން ފެށިގެން ޓޭޒާ ގަން ބޭނުންކުރާނެކަމަށް ހަމީދު ވިދާޅުވިއެވެ.

ޙަމީދު ވިދާޅުވި ގޮތުގައި ޓޭޒާ ގަން ބޭނުންކުރުމުގެ ހުއްދަ އޮންނާނީ ފުލުހުންގެ ތެރެއިން ސާޖަންޓު ރޭންކަށްވުރެ މަތީ ރޭންކުތަކުގެ ފުލުހުންގެ ތެރެއިން އެކަމަށް ޚާއްޞަ ތަމްރީނެއް ފުރިހަމަކޮށް ސެޓްފިކެޓު ލިބިފައިވާ ފުލުހުންނަށެވެ.

ފުލުހުން ޓޭޒާ ގަން ބޭނުންކުރަން ފެށުމުގެ ވިސްނުން އެންމެ ފުރަތަމަ ހާމަކުރީ 2020 ވަނަ އަހަރުގައެވެ. އެއިރު އެކަމަށް ޚާއްސަ ތަމްރީނުތަކެއް ހެދުމުގެ މަސައްކަތް ފުލުހުންގެ ތެރޭގައި ފެށިއެވެ.

ޓޭޒާ ބޭނުންކުރަން ފުލުހުން ނިންމީ ފާއިތުވި އަހަރުގެ ނޮވެންބަރު މަހުއެވެ. މި ހަތިޔާރު ބޭނުންކުރާނީ ނުރައްކާތެރި ކުށްވެރިންނާ ދެކޮޅަށް ފުލުހުންނަށް ލިބިދާނެ ގެއްލުމެއް ކުޑަކުރުމުގެ ޟަރޫރަތު އޮންނަ ހާލަތެއްގައި އެކަނިކަމަށް ފުލުހުން ބުންޏެވެ.

އަދި މި ހަތިޔާރު ބޭނުންކުރާއިރު ފުލުހުން ތިބޭނީ ބޮޑީ ކެމެރާ އަޅައިގެން ކަމަށްވެސް ކޮމިޝަނާ ކުރިން ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ