Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ނިޒާމުގެ މައްޗަށް ތިން ދައުވާއެއް، ހައްޔަރުކުރީ މަސްތުވާތަކެއްޗާއެކު!

ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން (35 އ) ގެ މަރުގެ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ)ގެ މައްޗަށް ތިން ދައުވާއެއް އުފުލުމަށް މަސައްކަތް ކުރަމުންދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގާއި މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ ނިޒާމުގެ މައްޗަށް ގަސްތުގައި މީހަކު މެރުމާއި، ވައްކަމާއި، މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޝަމީމް ވިދާޅުވީ ނިޒާމު ދައްކާފައި ހުރި ވާހަކަތަކުގެ އިތުރުން އެހެން ހެކިތަކުން ވެސް އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ގަބޫލުކުރެވޭކަމަށެވެ. އަދި ތެޔޮ ބޯޓުގައި ހުރި ފައިސާ ވަގަށް ނެގިކަމަށް ތުހުމަތު ނިޒާމުގެ މައްޗަށް ކުރެވޭ ކަމަށާއި އެކަމަށް ބާރު ލިބިދޭ ހެކިވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ނިޒާމު ހައްޔަރުކުރިއިރު، ނިޒާމުގެ އަތުގައި މަސްތުވާތަކެތިވެސް ހުރިކަމަށެވެ.

ތެޔޮ ބޯޓެއްގައި މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ފުރި ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އާއްމުކުރީ އެ މަހުގެ 30 ވަނަ ދުވަހުގެ ރޭގައެވެ. އެ ދެމީހުން ހޯދުމަށް ފުލުހުން މާލެތެރެ ވެސް ބަލަމުން ދަނިކޮށް ނިޒާމު ފެނުނީ ޖެނުއަރީ ތިންވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހުރި ގެސްޓްހައުސްއަކުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ތެޔޮ ބޯޓު ހާދިސާގައި ގެއްލުނު ލިޓަން އަދިވެސް ފެނިފައިނުވެއެވެ. ނަމަވެސް މީހެއްގެ ހަށިގަނޑެއް ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ވަނީ ވ. ވެމްޕަރު ފަޅުން ފެނިފައެވެ. ނަމަވެސް އެއީ ލިޓަންގެ ހަށިގަނޑު ނޫންކަން ޑީއެންއޭ އެނަލިސިސްއިން ހާމަވިއެވެ.

މި ލިއުމާއި ގުޅޭ