Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ ޙުސައިން ޝަމީމް

ފަލާހާއި ބައްދަލުކުރިން، އެކަމަކު ނުފޫޒެއް ނުފޯރުވޭނެ: ޝަމީމް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ބައްދަލުކުރެއްވިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު ފަލާހާއި ބައްދަލުކުރެއްވިންތޯ ސުވާލުކުރުމުން ޝަމީމް ވަނީ އެ ބޭފުޅާ ފަލާހާއި ބައްދަލުކުރެއްވިކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރެއްވީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

"އެހެން ބޭފުޅުންނާވެސް ބައްދަލުކުރަން. ބައްދަލުކުރަން ބޭފުޅަކު ރިކުއެސްޓު ކުރީމަ އެކަންކުރާ ވަކި އުސޫލެއް އޮވޭ." ޝަމީމް ވިދާޅުވިއެވެ.

މިގޮތުން އެކަން ކުރަން ހާއްސަ ފޯމެއް އޮންނަ ކަމަށާއި ހަފްތާއެއްގެ ތެރޭގައި އާންމުކޮށް ބައްދަލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް އެ ފޯމުގައި ލިޔެފައި ހުންނަ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ އެ ބޭފުޅާއަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި، ދައުވާ ކުރަން ނިންމިއަސް، އަދި ނުކުރަން ނިންމިއަސް އެކަން ލިޔުމުން ފެންނަން އޮންނާނެ ކަމަށެވެ.

"އެ ނިންމި ނިންމުން ކީއްވެތޯ ނިންމީ، ކޮބައިތޯ އެ ބޭސްކުރި އަސާސަކީ ކޮބައިތޯ ފެންނަން އޮންނާނެ" ޝަމީމް ވިދާޅުވިއެވެ.

ފަލާހު ޝަމީމް އާއި ބައްދަލުކުރެއްވީ ކޮން ކަމެއްގަ ކަމެއް ޝަމީމް ހާމަނުކުރައްވައެވެ. އެހެން ނަމަވެސް ފަލާހުގެ ދަރިފުޅު ތޮއިބާން ވަނީ ދާދިފަހުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު އަތުލައިގެންފައެވެ. އެ މައްސަލައިގެ ބަންދުން މިހާރު އޭނާ މިނިވަން ވެފައިވާއިރު މައުލޫމާތު ލިބޭގޮތުގައި ފަލާހު ދަނީ ތޮއިބާން އިނގިރޭސިވިލާތަށް ފުރުވާލަން މަސައްކަތް ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ