Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު ފަލާހު

މެމްބަރު ފަލާހު ޕީޖީ ޝަމީމްއާއި ބައްދަލުކުރައްވައިފި

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު، މިއަދު ކުއްލި ގޮތަކަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އާއި ބައްދަލުކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަލާހު އާއި ޝަމީމް ބައްދަލުކުރައްވާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައެވެ. ކުއްލި ގޮތަކަށް ފަލާހު ޕީޖީ އާއި ބައްދަލުކުރައްވާފައިވާއިރު ފަލާހުގެ ދަރިފުޅު ތޮއިބާން ވަނީ ދާދިފަހުން މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފައެވެ.

ފުލުހުން ތޮއިބާންގެ މައްޗަށް ތުހުމަތުކުރަނީ މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ. އޭނާ ހައްޔަރުކުރެވުނީ ބަންގްލަދޭޝްގެ ފިރިހެނަކާއި އެކު އެއް ކޮޓަރިއެއް ތެރޭގައި މަސްތުވެގެން ހުއްޓާއެވެ.

އެ ކޮޓަރިތެރެއިން ފުލުހުންވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައެވެ. މި މައްސަލާގައި ތޮއިބާންއަށް ދައުވާކޮށްފިނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ.

މި މައްސަލައިގެ ތަހުގީގަށް ތޮއިބާން 3 ދުވަހަށް ބަންދުކުރިއެވެ. އެ 3 ދުވަސް ހަމަވުމުން ފުލުހުން ވަނީ ބަންދުގެ މުއްދަތު އިތުރުކުރަން ނޭދި، އޭނާ މިނިވަންކޮށްފައެވެ. ތޮއިބާން އާއި އެކު މަސްތުވެގެން އުޅުނު ބަންގްލަދޭޝް މީހާއަށް ކޯޓުން ޖެހީ 15 ދުވަހެވެ.

ބެލެވޭ ގޮތުގައި ފަލާހު ޕީޖީ އާއި ބައްދަލުކުރައްވާފައިވަނީ ތޮއިބާން އަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން މަޝްވަރާކުރުމަށެވެ.

މި ލިއުމާއި ގުޅޭ