Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މީޑިއާނެޓް

ކަރަބާއޯ ކަޕްގެ ފައިނަލް މެޗު އައިސް ސްޕޯޓްސް އިން ބަލާލެވޭނެ: މީޑިއާނެޓު

ކަރަބާއޯ ކަޕް ނުވަތަ އިނގިރޭސި ލީގް ކަޕްގެ ފައިނަލް މެޗު މީޑިިއާނެޓުގެ އައިސް ސްޕޯޓްސް ޗެނަލުން ފެންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ކަރަބާއޯ ކަޕްގައި މާދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑް އަދި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާ މެޗު މީޑިއާނެޓުން ދިވެހިންނާ ހަމައަށް ގެނެސްދޭއިރު، އެހެން ފުޓުބޯޅަ މުބާރާތްތަކުގެ މުހިންމު މެޗުތައް މި ފަހަރު އައިސްގެ ޗެނަލްތައް މެދުވެރިކޮށް ފެނިގެންދާނެ ކަމަށެވެ.

އެގޮތުން، މި ފަހަރު މީޑިއާނެޓުގެ ކަސްޓަމަރުންނަށް ލައިވްކޮށް ޓީވީ އަދި ފޯނުން އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ ފޯރިގަދަ މެޗުތަކުގެ ތެރޭގައި އެ ކުންފުނިން ފާހަގަކުރީ ސްޕެނިޝް ކޮޕަ ޑެލްރޭގެ ސެމީ ފައިނަލް އާއި އެ މުބާރާތުގެ ފައިނަލް މެޗު ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.

ކަރަބާއޯ ކަޕްގެ ފައިނަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކުރީ ސެމީގައި ނޮޓިންގްހަމް ފޮރެސްޓް 2-0ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހު އެވެ. މެންޗެސްޓާ ޔުނައިޓެޑުން ވަނީ މީގެ ކުރިން ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ސައުދީ އަރަބިއްޔާގެ ވިޔަފާރިއަކުން އޮކްޓޯބަރު 2021ގައި މި ކްލަބް ގަތުމަށް ފަހު، ނިއުކާސަލްއިން އަންނަނީ މި ސީޒަނުގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިއީ ނިއުކާސަލްގެ އެންމެ ކާމިޔާބު ސީޒަނެވެ.

މާދަމާ ރޭ ރާއްޖެ ގަޑިން 21:30ގައި ކުޅޭ މެޗް ވެގެންދާނީ މި ދެޓީމަށް ވެސް މުހިންމު މެޗަކަށެވެ. ނިއުކާސަލް މި މެޗަށް ނިކުންނާނީ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް ބަލި ކުރުމަށްފަހު، ފުރަތަމަ ފަހަރަށް ތަށި އުފުލާލުމުގެ އަޒުމުގައެވެ. އަދި ޔުނައިޓެޑް ނިކުންނާނީ މި މބާރާތުގައި އެޓީމުން ކާމިޔާބު ކުރާނެ ހަވަނަ ތަށި ހޯދުމުގެ އުންމީދުގައެވެ. :

މީޑިއާނެޓުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހިން ގަޔާވާ ފަދަ، ދިވެހިންގެ ތެރޭގައި މަޝްހޫރު ކުޅިވަރުގެ މުބާރާތްތަކާއި ތަފާތު މުނިފޫހިފިލުވުމުގެ ކޮންޓެންޓް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށެވެ.

އެގޮތުން އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ، ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިން ޝައުގުވެރިވާ އަދި ބޭނުންވާ މިފަދަ ފޯރިގަދަ މުބާރާތްތަކާއި އެހެނިން ކޮންޓެންޓް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

ކަރަބާއޯ ކަޕަކީ 1960 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ފުޓުބޯޅަ މުބާރާތަކަށް ވާއިރު، ޕްރިމިއާ ލީގު އަދި އެފްއޭ ކަޕާ އެކު އިނގިރޭސި ފުޓުބޯޅައިގެ އެންމެ ބޮޑު ތިން މުބާރާތުގެ ތެރޭގައި ހިމެނޭ މުބާރާތެކެވެ. ޖުމްލަ 92 ޓީމު ނޮކްއައުޓް އުސޫލުން ވާދަކުރާ މި މުބާރާތުގެ، އެންމެ ކާމިޔާބު ޓީމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މުބާރާތް ނުވަ ފަހަރު ކާމިޔާބުކޮށްފައިވާ، ފާއިތުވި އަހަރުގެ ވެސް ޗެމްޕިއަން ޓީމް ލިވަޕޫލެވެ.
މި ލިއުމާއި ގުޅޭ