Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ރައީސް އިބްރާހީމުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތްކުރައްވާނެކަމުގެ އިންޒާރު އާޒިމް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތްކުރައްވާނެކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމަށް ތާއީދުކުރާ މަޖިލިސް މެންބަރުން އަންނަނީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ބޭނުންވާ މެންބަރުންގެ އަދަދު ހަމަކުރުމަށް މަސައްކަތްކުރަމުންނެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ނަޝީދު މަޤާމުން ވަކިކުރަން ބޭނުންވާ އަދަދަށް މެންބަރުން ހަމަވެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮއި ލިބިގެންނެވެ. އަދި އެފަދަ ޤަރާރެއް މަޖިލީހުން ފާސްކުރެވޭނީ މުޅި މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން އެ ޤަރާރަކަށް ތާއީދުކޮށްގެންނެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް ވޯޓު ހަމަކުރުމުގެ މަސައްކަތް ފަށައިފިނަމަ ރައީސް އިބްރާހީމަށް އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންވެސް ފައްޓަވާނެ ކަމަށެވެ.

ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް ރައީސް އިބްރާހީމާ އަރިސް ބައެއް މަޖިލިސް މެންބަރުންނާއި އެމަނިކުފާނުގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ގެންދަވަނީ މީސްމީޑިއާގައި ގޮވައިލައްވަމުންނެވެ.

ޖަނަވަރީ 28 ވަނަ ދުވަހުގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓަށްފަހު ނަޝީދު ރައީސް އިބްރާހީމަށް ތާއީދުނުކުރެއްވުމުން އެމަނިކުފާނު އެމްޑީޕީން ބޭރުކުރުމަށްވެސް ބައެއް ބޭފުޅުން ބާރުއަޅުއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ