Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

ޔަހޫދީ އާބާދުވެރިންނަށް ފަލަސްޠީނު ބިންތަކުގައި 7،000 ގެ އަޅަން އިސްރާއީލުން ހުއްދަދީފި

އިސްރާއީލުގެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ސަރުކާރުން އެ ޤައުމުގެ ޔަހޫދީ އާބާދުވެރިންނަށް 7،000 އައު ގެ އަޅަން ހުއްދަ ދީފައިވާކަމަށް އާބާދުވުންތައް ޤާއިމުކުރުމަށް ތާއީދުކުރާ ޖަމާޢަތްތަކާ އެކަމާ ދެކޮޅު ޖަމާއަތްތަކުން ބުނެފިއެވެ.

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ސަރަހައްދުތަކުގައި ޔަހޫދީ އާބާދުވުންތައް ޤާއިމުކުރުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބޮޑު ބަޔަކުން ނުރުހޭ ދެކޮޅުހަދާ ކަމެކެވެ. ނަމަވެސް އިސްރާއީލުން އަންނަނީ ކޮންމެ އަހަރަކުވެސް އެ ސަރަހައްދުގައި އައު އާބާދުވުންތައް ޤާއިމުކުރަމުންނެވެ.

ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީންގެ އާބާދުވުންތައް އިމާރާތްކުރުމާ ދެކޮޅަށް މީގެ ދުވަސްކޮޅެއް ކުރިން އދ.ގެ ސަލާމަތީ މަޖިލީހުންވަނީ ބަޔާނެއް ފާސްކޮށްފައެވެ. ޤާނޫނީ ގޮތުން އަމަލުކުރުން ލާޒިމުވަނިވި ޤަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ހުރަސްއެޅީ އިސްރާއީލުގެ މަދަދުގާރުގެ ދައުރު އަދާކުރާ އެމެރިކާއިންނެވެ.

އިސްރާއީލުން އައު އާބާދުކުރުންތައް ބިނާކުރަން ހުއްދަދިނީ އެފަދަ ކަމެއް ކުރަން ހުއްދަދިނުން 6 މަސްދުވަހަށް ފަސްކުރާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދިނުމަށްފަހުއެވެ. އެމެރިކާއިން އާބާދުކުރުންތަކަކީ ދެ ދައުލަތުގެ ހައްލަށް އޮތް ހުރަހެއްކަމަށް ބުނެ ފާޑުކިޔަސް އެކަން ހުއްޓުވަން ފިޔަވަޅެއް ނާޅައެވެ.

އިސްރާއީލު ސަރުކާރުގެ ބައްދަލުވުމުގައި ބައިވެރިވި އާބާދުކުރުންތަކާ ދެކޮޅު ޖަމާއަތެއްކަމަށްވާ ޕީސް ނައު ޖަމްއިއްޔާއިން ބުނީ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި 7،100 ގެ އެޅުމަށް އިސްރާއީލުން ބުރާސްފަތި ދުވަހު ހުއްދަ ދިން ކަމަށެވެ.

ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގެ ދެމެދުގައި ހުރަހަށްވާ ގޮތަށް އީ-1ގެ ނަމުގައި ތަރައްޤީކުރަން އިސްރާއީލުން ނިންމާފައިވާ އާބަދުވުން ޤާއިމުކުރުމާމެދު ގޮތެއް ނިންމަން އަންނަ މަހު ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފައިވާކަމަށް ޕީސް ނައު ޖަމްއިއްޔާއިން ބުނެފައިވެއެވެ. އެ ސަރަހައްދު ޤާއިމުކުރުމަށް ކުރިންވެސް އެމެރިކާއިން ދެކޮޅުހަދައި ހުރަސްއެޅިއެވެ. އެ އާބާދުވުން ޤާއިމުކޮށްފިނަމަ، ހުޅަނގު އައްސޭރި އިރުމަތީ ޤުދުސުން ވަކިވާނެއެވެ.

އިސްރާއީލުގެ މި ނިންމުމަށް އެމެރިކާއިން ފާޑުކިޔައި، އެ ނިންމުމަކީ ސުލްހައަށާއި ދެ ދައުލަތުގެ ހައްލަށް ހުރަސްއެޅޭ ކަމެއްކަމަށް ބުނި ނަމަވެސް، އެ އާބާދުވުންތައް ބިނާކުރުން ހުއްޓުވަން އެއްވެސް ފިޔަވަޅެއްއަޅާނެ ކަމުގެ އިޝާރާތެއް ނުކުރެއެވެ.

ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސްގެ ތަރުޖަމާން ނަބީލް އަބޫ ރުދެއިނާ މިކަމާ ގުޅިގެން ވިދާޅުވީ އެމެރިކާއިން ތަދައްޚުލުވެ، މި ސަރަހައްދުގެ ސިލްމާއި ސަލާމަތް ގެއްލި ސުލްހަވެރިކަމަށް ބުރޫއަރާނެ މި ނިންމުން ތަންފީޒުވިޔަނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ އިތުރަށް ބައިނަލްއަޤުވާމީ މުޖުތަމައުން ޤަބޫލުކުރާ ގޮތުގައި އިރުމަތީ ޤުދުސްއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ޤާއިމުކުރާ ޔަހޫދީ އާބާދުވުންތަކަކީ ޣައިރު ޤާނޫނީ ތަންތަނެވެ.

1967 ވަނަ އަހަރު އިސްރާއީލުން އިސްތިއުމާރުކުރި ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި މިހާރު 700،000 އަށްވުރެ ގިނަ އިސްރާއީލު މީހުން ދިރިއުޅެވެ. މި ދެ ސަރަހައްދަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއްގެ ސަރަހައްދުގެ ގޮތުގައި ހަމަޖެއްސުމަށް ފަލަސްޠީނު މީހުން ބޭނުންވާ ދެ ސަރަހައްދެވެ.

މި ލިއުމާއި ގުޅޭ