Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕާކިސްތާން

ގުއަންޓަނާމޯ ބޭގައި ބަންދުކޮށްފައި ތިބި ދެ މީހަކު 20 އަހަރު ފަހުން ޕާކިސްތާނާ ހަވާލުކޮށްފި

ކިއުބާގައި ހުންނަ ގުއަންޓަނާމޯ ބޭގައި ބަންދުކޮށްފައި ތިބި ޕާކިސްތާނަށް ނިސްބަތްވާ ދެ މީހަކު ޕާކިސްތާނާ ހަވާލުކޮށްފައިވާކަމަށާއި، އެއާއެކު ގުއަންޓަނާމޯގައި ބަންދުކޮށްފައި ތިބި މީހުންގެ އަދަދު 32 އަށް މަދުވެފައިވާކަމަށް ޕެންޓަގަނުން ބުނެފިއެވެ.

ދެބެއިންކަމަށްވާ އަބްދުލް ރައްބާނީއާއި މުހައްމަދު ރައްބާނީ ޕާކިސްތާނާ ހަވާލުކޮށްފައިވާކަމަށް ބުދަދުވަހު ނެރުނު ބަޔާނެއްގައި އެމެރިކާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ޕާކިސްތާނު ސަރުކާރާއި އެހެނިހެން ބައިވެރިވެންގެ ފަރާތުން ގުއަންޓަނާމޯގައި ބަންދުކޮށްފައި ތިބި ގައިދީންގެ އަދަދު ޒިންމާދާރުކަމާއެކު މަދުކުރުމަށާއި ނިހާއީކޮށް ގުއަންޓަނާމޯ ޖަލު ބަންދުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރަން،" ޕެންޓަގަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައްބާނީ ދެބެއިން ހައްޔަރުކުރީ 2002 ވަނަ އަހަރުއެވެ. އަބްދުލް ރައްބާނީއަށް ތުހުމަތުކުރަނީ އަލްޤައިދާއަށް އެހީތެރިވާ ކަމަށެވެ. މުޙައްމަދު ރައްބާނީއަކީ އަލްޤާއިދާގެ ވަރުގަދަ ލީޑަރުންނަށް ދަތުރުކުރެވޭނެ ގޮތްތަކާއި ފައިސާ ހަމަޖައްސައިދޭ ބައެއްކަމަށް ޕެންޓަގަނުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ސެޕްޓެންބަރު 11 ވަނަ ދުވަހުގައި ނިއުޔޯކަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ޤާއިމުކުރި ގުއަންޓަނާމޯއަކީ ޤައިދީންނަށް އަނިޔާކުރުމަށް މަޝްހޫރު ތަނެކެވެ.

އެތަނުގައި މީހުންނާ ސުވާލުކުރުމަށް ބޭނުންކުރި އުކުޅުތައް މަޝްހޫރުވެފައިވަނީ ލާއިންސާނީ އަނިޔާކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

ޖޯ ބައިޑަން 2021 ގައި ވެރިކަމާ 2021 ގައި ހަވާލުވެވަޑައިގެންނެވިއިރު، ގުއަންޓަނާމޯގައި 40 ގައިދީން ތިއްބެވެ. ބައިޑަން ވިދާޅުވެފައިވަނީ އެ ޖަލު ބަންދުކުރެއްވުމަކީ އޭނާގެ އުންމީދެއް ކަމަށެވެ. އެމެރިކާގެ ޤާނޫނުތަކުން އެ ތަނުގައި ތިބި ގައިދީން އެމެރިކާގެ ފަސްގަނޑުގައި ހުންނަ ޖަލުތަކަށް ބަދަލުކުރުން އޮތީ މަނާކޮށްފައެވެ.

ގުއަންޓަނާމޯގައި ބާކީ ތިބި 32 ގައިދީންގެ ތެރެއިން 18 ގައިދީއަކު އެހެން ތަންތަނަށް ބަދަލުކުރުމަށް ޝަރުތު ހަމަވާކަމަށް ޕެންޓަގަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ