Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އެމްޑީއޭއިން ރައީސް އިބްރާހީމަށް ތާއީދުކުރަން ނިންމީ ގައުމާއި ރައްޔިތުންގެ ހައްގުގައި: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އާ އެކު ކޯލިޝަން ހެދުމަށް މޯލްޑިވް ޑިމޮކްރެޓިކް އެލައެންސް (އެމްޑީއޭ)އިން ނިންމީ ގައުމާއި ރައްޔިތުންގެ ހައްގުގައިކަމަށް އެމްޑީ÷ީން ބުނެފިއެވެ.

އެމްޑީއޭއަށް މަރުހަބާ ކިޔުމަށް އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްވި ދައުވަތު ގަބޫލުކުރައްވައި ވެރިކަމުގެ ދެވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި މަސައްކަތްކޮށްދިނުމަށް އެމްޑީއޭއިން ނިންމި ނިންމުމަށް އެޕާޓީގެ ފަރާތުން މަރުހަބާ ކިޔާކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެމްޑީއޭގެ އެ ނިންމުމަކީ ރައީސް އިބްރާހިމްގެ ވެރިކަމުގެ މި ހިނގާ ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އިއްތިހާދުގެ ސަރުކާރަކުން ކަމަށް ގަބޫލުކުރާތީ ގައުމާއި ރައްޔުތުންގެ ހައްގުގައި ނިންމި ނިންމުމެއްކަމަށް އެ ޕާޓީއިން ދެކޭކަމަށެވެ.

އެމްޑީއޭގެ ކައުންސިލުގެ މިއަދު އޮތް ބައްދަލުވުމުގައި އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމަށް ތާއީދުކުރަން ފެނިވަޑައިގަންނަވާކަމަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް އަޙްމަދު ސިޔާމެވެ. ސިޔާމުގެ ހުށަހެޅުއްވުމަށް ކައުންސިލުގެ 38 މެންބަރުންގެ ތެރެއިން 36 މެންބަރުން ތާއީދުކުރެއްވިއެވެ.
ރައީސް އިބްރާހީމު ސިޔާމުގެ އެމްޑީއޭއަށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވުމުގެ ކުރިން ރައީސް އޮފީހުގައި ދެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. އެއަށްފަހު ރައީސް އިބްރާހީމުގެ މަންދޫބުން އެމްޑީއޭގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.
މި މަޝްވަރާތަކުގައި ސިޔާމު ރައީސް އިބްރާހީމަށް ހުށަހެޅުއްވީ މައިގަނޑު ދެ ކަމެއްކަމަށް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ. ފުރަތަމަ ކަމަކީ ސިޔާމުގެ ސަން ކުންފުނިން ހިލްޓަން ކުންފުންޏަށް ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ލިބޭނެ އިންތިޒާމު ސަރުކާރު މެދުވެރިވެގެން ހަމަޖެއްސުމެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ސަން ކުންފުނިން ހިލްޓަންއަށް ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް ސިޔާމަށް ދެއްވާފައިވެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ސިޔާމު އެދިވަޑައިގަތީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދައުލަތުގެ ސޮވެރިން ގެރެންޓީ ބޭނުންކޮށްގެން ޗައިނާ ބޭންކުން ނަގާފައިވާ ބޮޑު ލޯނު ދެއްކުމުގައި ސަރުކާރުން އެހީތެރިވުމަށެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހީމްވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އެ ލޯނު ދެއްކުމަށް ސިޔާމަށް އެހީތެރިކަން ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެ ލޯނު އަނބުރާ ދައްކަންޖެހޭ 750 މިލިއަން ރުފިޔާ ދައްކަންޖެހެނީ ދިގު މުއްދަތުން ޕޭމެންޓުތަކަކަށް ބަހާލައިގެންނެވެ.
ސަން ސިޔާމުގެ އެމްޑީއޭގެ އިތުރަށް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމަށް ތާއީދުކުރަން ނިންމާފައިވަނީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲގެ އަދާލަތު ޕާޓީންނެވެ.
މި ލިއުމާއި ގުޅޭ