Wednesday 29th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ގަދަ ހިތްވަރާއެކު މަސައްކަތުގައި އެބަ ތިބިން: ޣައްސާން

އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ ފަހަތްޕުޅުގައި އެބަތިބިންކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވީ މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސިޔާމް (ސަން)ގެ އެމްޑީއޭއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެއްބަސްވުމާ ގުޅިގެންނެވެ.

ސިޔާމު ރައީސް އިބްރާހީމަށް ތާއީދުކުރައްވަން ނިންމެވީ އޭނާއަށް ބޮޑެތި މާލީ މަންފާތަކެއް ހޯދައިދެއްވަން ރައީސް އިބްރާހީމް އެއްބަސްވެވަޑައިގަތުމުންނެވެ.

އެގޮތުން އިންޓަނޭޝަނަލް އާބިޓަރޭޝަނުން ސިޔާމުގެ ސަން ކުންފުނިން ހިލްޓަން އިންޓަނޭޝަނަލަށް ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ 25 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ސަރުކާރު މެދުވެރިވެ ލޯނެއް ހަމަޖައްސައިދިނުމަށް ރައީސް އިބްރާހީމް އެއްބަސްވެވަޑައިގެންފައިވާކަން "ދިޔަރެސް"އަށްވަނީ ކަށަވަރުވެފައެވެ.

އޭގެ އިތުރަށް ޗައިނާ ބޭންކުން ދައުލަތުގެ ސޮވެރިން ގެރެންޓީ ދީގެން ސިޔާމު ނަންގަވާފައިވާ ލޯނު އަދާކުރުމުގައި އެހީތެރިވެދެއްވަން އޭނާ އެދިވަޑައިގަތުމުން، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އެ ފައިސާ ދެއްކުމުގައި އެހީތެރިވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން އޭނާއަށް ރައީސް އިބްރާހީމް ދެއްވާފައިވެއެވެ. އެ ލޯނަކީ ދިގު މުއްދަތުން 750 މިލިއަން ރުފިޔާ ބައިބައަށް ބަހާލައިގެން ދައްކަންޖެހޭ ލޯނެކެވެ.

ސިޔާމުގެ އެމްޑީއޭއިން ރައީސް އިބްރާހީމަށް ތާއީދުކުރުމުން ކުރެއްވި ޓުވީޓެއްގައި ޣައްސާން ވިދާޅުވީ ރައީސް ޔާމީނުގެ ލަފާފުޅާއެކު މުޅި ޕީޕީއެމް، ކެތްތެރިކަމާއި އިޚުލާސްތެރިކަމާއެކު އެއް އަޒުމެއްގައި ގަދަ ހިތްވަރުގައި ސާބިތުވެ މަސައްކަތުގައި އެބަތިބން ކަމަށެވެ.

ރައީސް ޔާމީނުގެ އެދިވަޑައިގަތުމަށް އިދިކޮޅު ކޯލިޝަނުންވެސް ސިޔާމުގެ އެމްޑީއޭއާ ބައްދަލުކޮށް ކޯލިޝަން ހެދުމަށް މަޝްވަރާކުރިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބު މާތްﷲގެ އިރާދަފުޅާއެކު ކާމިޔާބުކުރައްވާނީ ޕީޕީއެމްގެ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ކަމަށެވެ.

މި ލިއުމާއި ގުޅޭ