Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

މައުލޫމާތު ބޭރު ގައުމުތަކާ ހިއްސާކުރެވޭ އިސްލާހު ގެންނަނީ ވަކި ބަޔަކު ރުއްސަން: ސައީދު

ރާއްޖޭގައި ހުންނަ ކޮމްޕިއުޓަރެއް ބޭނުންކޮށްގެން ކުރާ މުއާމަލާތުތަކާ ގުޅުންހުރި މައުލޫމާތު ބޭރު ފަރާތްތަކާ ހިއްސާކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ ވަކި ބަޔަކު ރުއްސަން ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު އެގޮތަށް އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. އެ އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް އެވެ.

އެކަމާ ގުޅޭގޮތުން ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ނަމުގައި މައުލޫމާތު ބަދަލުކުރުމުގެ ފައިދާ ނަގާނީ ރާއްޖެތޯ ނޫނީ އެހެން ގައުމަކުންތޯ އެމްއެންޑީއެފްއާ ސުވާލުކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ގައުމީ ސަލާމަތުގެ ބާރު ދޫކޮށްލުމެވެ.

"މިއީ ރޭވިގެން ދައުލަތުގެ ބާރުކަނޑުވާލުން. ދިވެހިންގެ ވިޔަފާރި، ބޭންކުތައް، މުއައްސަސާތައް ޖުމްލަކޮށް ދައުލަތް ވަކި ބަޔަކު ރުއްސަން ދޫކޮއްލުން،" އަވައްޓެރި އިންޑިއާއަށް އިޝާރާތްކޮށް ސައީދު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އެ އިސްލާހުގެ މަގްސަދު ކަމަށް ބުނެފައިވަނީ ސައިބާސްޕޭސްގައި ކުށްކުރުން އިތުރުވަމުންދާތީ އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެކުށުގެ އަމަލުތައް ހިންގާ ގޮތް، ޓެކްނޮލޮޖީގެ އެހީގައި ފުޅާކުރަމުން އަންނާތީ އެފަދަ ޖަރީމާތަކާއި އެނޫންވެސް ކޮމްޕިއުޓާ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅުތައް އެޅުމުގައި އެހެން ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ އިޖުރާއާތުތައް ކަނޑައެޅުމެވެ.
އަދި ރާއްޖޭގައި ހިންގާފައިވާ ޖިނާއީ ކުށެއްގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތަކީ ރާއްޖެއިން ބޭރު ޤައުމަކުން ނުވަތަ އެޖެންސީއަކުން އެއްވެސް ކުށެއްގެ ތަހުގީގެއް ނުވަތަ ޝަރީއަތެއް ފެށުމަށް ނުވަތަ ކުރިއަށްގެންދަން އެހީތެރިވެދާނެ މައުލޫމާތެއްކަމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެނަމަ، އެ މައުލޫމާތު ހޯދަން ބޭރުގެ އިދާރާއަކުން ނޭދުނަސް އެ މައުލޫމާތު ހިއްސާކުރުމުގެ އިޚުތިޔާރު އޮންނާނެ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގައި ކޮމްޕިއުޓާ ސިސްޓަމެއްގައި ރައްކާކޮސްފައި ހުރި މައުލޫމާތު ބަލައިފާސްކުރުމަށް ނުވަތަ އެ މައުލޫމާތަށް އެކްސަސްވުމަށް ނުވަތަ ހޯދަން ނުވަތަ ހިފަހައްޓަން ނުވަތަ ހާމަކުރަން ބޭރުގެ އެޖެންސީއަކުން ނުވަތަ 24/7 ނެޓްވޯކަކުން އެދެން ޤަސްދުކުރާނަމަ އެކަމަށް އެދި ހުށަހެޅުމުގެ ކުރިން އެ މައުލޫމާތު ރައްކާތެރިކުރުމުގެ އަމުރެއް ހޯދަން ޕީޖީގެ ކިބައިން އެދެވިދާނެ ކަމަށް އިސްލާހުގައި ބުނެ އެވެ.
މި ލިއުމާއި ގުޅޭ