Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެލޭޝިޔާ

ބަންދުގައި ތިއްބާ މަރުވި 150 މީހުންގެ މަރުގެ ތަހުގީގު ކުރަން މެލޭޝިއާއަށް ފިއްތުންތަކެއް

މިދިޔަ އަހަރު މެލޭޝިޔާގެ މައިގްރެންޓް ޑިޓެންޝަން މަރުކަޒުތަކުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން 150 މީހުން މަރުވިކަން ހާމަވުމުން، އެކަމުގެ ތަހުގީގަށް ގޮވާލާ އިންސާނީ ހައްގުތަކަށް ވާކާލާތު ކުރާ ޖަމުއިއްޔާތަކުން މެލޭޝިޔާގެ ސަރުކާރަށް ފިތްތުންތަކެއް ކުރިމަތިކޮށްފިއެވެ.

7 ކުޑަ ކުދިންނާއި 25 އަންހެން މީހުން ހިމެނޭހެން މަރުވި 150 މީހުން މިދިޔަ އަހަރު މަރުވިކަން ހާމަކުރިއިރު، އެ ތަފާސްހިސާބުތައް ލިއުމަކުން ހާމަކުރެއްވި ހޯމް މިނިސްޓަރު ސައިފުއްދީން އިސްމާއިލް، މަރުވި ސަބަބުގެ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ.

މި މައްސަލައާއި ބެހޭގޮތުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގިނަ ޖަމުއިއްޔާތަކެއްގެ ފާޑުކިޔުން މެލޭޝީޔާގެ ސަރުކާރަށް އަމާޒުވެ، އެކަމުގެ ތަހުގީގު ވަގުތުން ވަގުތަށް ކުރަން ފިތްތުންތައް ކުރިމަތިކޮށްފައިވެއެވެ. އެގޮތުން ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ އޭޝިއާ ޑިރެކްޓަރު ފިލް ރޮބަޓްސަން އެ މައްސަލަ ސިފަކުރައްވަމުން "އެހާ ގިނަ ބޭރު މީހުން، އަދި ކުޑަކުދިން ހިމެނޭހެން، އިމިގްރޭޝާންގެ ޑިޓެންޝަން މަރުކަޒުތަކުގައި ތިއްބާ މަރުވުމުން އެނގިގެންދަނީ، އެ ބަންދުގައި ތިބި މީހުންނާއި މެދު މެލޭޝިޔާގެ ކަމާބެހޭފަރާތްތަކުން އެއްވެސް މިންވަރެއްގެ އިންސާނިއްޔަތުކަމެއް ނުބަހައްޓާކަން، އެމީހުންނަކީ ހައްގުތަކެއް ލިބިފައިވާ ބައެއްކަން ދެކިގެން ކަންތައް ނުކުރާކަން" ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްނެސްޓީ އިންޓަނޭޝަނަލްއިން އެކަމުގެ ތަހުގީގު ލަހެއްނެތި، ފުޅާކޮށް ކުރުމަށް ގޮވާލާފާވެއެވެ.

ބޭރުގެ މީޑިއާތަކުން، ބައެއް މަސްދަރުކަތަކުން މެލޭޝިޔާގެ ޑިޓެންޝަން މަރުކަޒުތައް ސިފަކުރާގޮތަށް ހަވާލާދީ ބުނެފައިވަނީ، އެތަންތަނަކީ ފިތި ބާރުވެގެން ތިބެންޖެހޭ ތަންތަނަށް ވެފައި، ވަރަށް މުޑުދާރު ތަންތަން ކަމަށެވެ. ހަމައެއާއިއެކު، ކާބޯ ތަކެއްޗާއި، ފެނާއި ސިއްހީ ހިދުމަތްތައް ރަނގަޅަށް ނުލިބޭ ހާލު، ލިބޭ އިރު ފުދޭ ވަރަކަށް ނުލިބޭކަމަށެވެ.

އެގައުމުގެ ޑިޓެންޝަން މަރުކަޒުތަކުގައި 17،703 މީހުން ތިބިކަމަށް މިދިޔަ އަހަރުގެ ޖުލައި މަހު ހާމަކޮށްފައިވާއިރު، އެ އަދަދަކީ އެގައުމުއި ދިރިއުޅޭ އެއްވެސް ލިޔެކިޔުމެއް ނެތް އާބާދީގެ މިލިއަނުން އުޅޭ މީހުން އުނިކޮށްފައި ހިސާބުކުރި އަދަދެކެވެ. އަދި، އޭގެ ތެރޭގައި ލައްކައަކަށްވުރެން ގިނަ ރޮހިންގިޔާ މުސްލިމުން ހިމެނެއެވެ.

އެ މަރުކަޒުތަކުގައި ތިބޭ މީހުން މަރުވުމާއި ގުޅިގެން އެކަމުގެ އެއްވެސް ތަފްސީލެއް މެލޭޝިޔާގެ ހޯމް މިނިސްޓްރީއިންނާއި އަދި އެ މަރުކަޒުތައް ހިންގާ ކަމާބެހޭފަރާތްތަކުން އަދިއަދަށްދާންދެން ހާމަކޮށްފައިނުވާއިރު، އދ ގެ ހައި ކޮމިޝަން ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރު) ގެ ދަށުން އެމީހުންނަށް ލިބިގެންވާ ހައްގުތައް ލިބޭކަން ޔަގީންކުރަން އދއިން އެ ތަންތަން ބަލާފާސްކުރުމަށް އެދިފައިވާ އިރު، އެ އެދުމަށް ކޮންމެ ފަހަރަކުވެސް މެލޭޝިޔާގެ ސަރުކާރުން އިންކާރުކޮށްފައިވެއެވެ. އޮގަސްޓް 2019 އިން ފެށިގެން އެ މުއައްސަސާއިން ކުރަމުން އަންނަ، ރެފިއުޖީންނާއި އެސައިލަމް ހޯދާ މީހުން ދެނެގަނެ، އެމީހުންނަށް ދިރުއުޅޭނެ ތަނަކާއި ގައުމެއް ހޯދައިދޭން ކުރާ މަސައްކަތްތަކަށް މި ބުނެވުނު ސަބަބުތަކާއި ހުރެ ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

މި ލިއުމާއި ގުޅޭ