Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިއުވާން މުހައްމަދު

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޔޫއެސްޖީ ފަދަ މެޝިންތައް "ޝެއާ" ކުރޭ: މިއުވާން

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ އައިސީޔޫއަށް އަލްޓްރާސޮނޮގްރަފީ ހެދުމަށް ބޭނުންވާ ޕޯޓަބަލް މެޝިނެއް ނުހޯދުން ދިފާއުކޮށް، ސަރުކާރުން ވާހަކަދައްކައިފި އެވެ.

އަސްލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) މެޝިނެއް ނެތިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އޭގެ މެޝިނެއް ހަދިޔާކުރާނެ ބަޔަކު ވޭތޯ އައިޖީއެމްއެޗްގެ ޑޮކްޓަރަކާއި އެތަނުގެ ބައެއް ނަރުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން "ދިޔަރެސް" އިން ސުވާލު ކުރުމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެ އިކުއިޕްމަންޓް އައިޖީއެމްއެޗްގެ އައިސީޔޫގައި ނެތަސް، އެހެން ބައެއް ޑިޕާޓްމަންޓުތަކުގައި ހުންނާނެ ކަމަށެވެ.

އަދި އެފަދަ އިކުއިޕްމަންޓުތަކަކީ ހޮސްޕިޓަލުގެ އެކި ތަންތަނުގައި "ޝެއާ" ކުރަންޖެހޭ އެއްޗިހި ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަން ކުރަނީ އެގޮތަށް ކަމަށް މިއުވާން ވިދާޅުވި އެވެ.

"މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލުކުރާ ގޮތަކީ މި އިކުއިޕްމަންޓް މި ހުންނަނީ ވަކި ޑިޕާޓްމަންޓެއްގެ ދަށުގައި، ދެން އެ ޑިޕާޓްމަންޓުން އައިސީޔޫއަށް ނުވަތަ އޮޕަރޭޝަން ތިއޭޓަރުން ނުވަތަ އީއާރުން މިފަދަ އެހެން ޑިޕާޓްމަންޓަކުން ރިކުއެސްޓެއް އައިސްފިކަމަށް ވާނަމަ، އިކުއިޕްމަންޓް މި ފޯރުކޮށްދެނީ،" މިއުވާން ވިދާޅުވި އެވެ.
"އެއްބައި އިކުއިޕްމަންޓް ތަކަކީ ހުރިހާ ވާޑެއްގައި ނުވަތަ އެ ފްލޯއެއްގައި ޑެސިގްނޭޓް ކުރެވިފައި ހުންނަ ގޮތަކަށް ޝެއާ ކުރާ ގޮތަށް ހުންނަ އިކުއިޕްމަންޓް. އެހެންވީމަ އައިޖީއެމްއެޗްގައިވެސް އެ ބޭނުންވާ އިކުއިޕްމަންޓެއް ނެތިގެން މިފަދަ ހާލަތަކަށް ދާ ހިސާބަކަށް އަދި ނުއެއްދޭ."

މުވައްޒަފުންގެ ކަންބޮޑުވުމާ ގުޅިގެން އައިޖީއެމްއެޗުން މިދިޔަ އާދިއްތަ ދުވަހު ނޫސްބަޔާނެއް ނެރެ ބުނީ، ބައެއް އިކުއިޕްމަންޓުތައް ވަގުތުން ވަގުތަށް ނުލިބި ލަސްވަނީ، ހަރަދު ކުޑަކުރަންޖެހުމާއި އިކުއިޕްމެންޓު ގަތުމުގައި އުސޫލުތަކަށް ތަބާވާންޖެހޭތީ ކަމަށެވެ. އަދި މުޅި ހޮސްޕިޓަލުގައި ޔޫއެސްޖީ ފަސް މެޝިން ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު އައިޖީއެމްއެޗްގެ ހޭނައްތާ ޑޮކްޓަރު އިސްމާއިލް ލަތީފު ކުރެއްވި ޓްވީޓުގައިވާ ގޮތުން އައިސީޔޫގައި ދުވަހަކު ވެސް އޭގެ މެޝިނެއް ނުހުރެ އެވެ. އެތަނަށް އޭގެ މެޝިނެއް، ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ވިދާޅުވެ، އެފަދަ މެޝިނެއް ހަދިޔާކުރައްވާނެ ބޭފުޅަކު އެބަހުންނެވިތޯ އޭނާ ސުވާލުކުރެއްވި އެވެ.
އައިޖީއެމްއެޗުގެ އީއާރު އަދި އޮޕަރޭޝަން ތިއޭޓަރު ފިޔަވައި އެހެން ޑިޕާޓްމަންޓުތަކުގައި ބޭނުންކުރަން މިހާރު ހުންނަނީ އޭގެ އެންމެ މެޝިނެއް ކަމަށާއި އެއީ، އެ ހޮސްޕިޓަލުގެ ފުއްޕާމޭގެ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓްގައި ބޭނުންކުރާ މެޝިނެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އޮންނަ ބެސްޓް ޕްރެކްޓިސްއަކީ މެޝިންތައް "ޝެއާ" ކުރުން ކަމަށް މިއުވާން ވިދާޅުވިއިރު އައިސީޔޫތަކުގެ އިންފެކްޝަން ކޮންޓްރޯލް ޕްރޮސީޖާތަކުގެ ދަށުން އައިސީޔޫއަށް ވަކިން ހާއްސަކޮށް އިކިއުޕްމެންޓު ބެހެއްޓުމަކީ ހަގީގަތުގައި އެކަމުގެ ބެސްޓް ޕްރެކްޓިސްއެވެ.

މި ލިއުމާއި ގުޅޭ