Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

އިދިކޮޅުން މިއަދު އެމްޑީއޭއާއެކު ކޯލިޝަންގެ މަޝްވަރާތައް ފަށަނީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް އެލައެންސް (އެމްޑީއޭ) އާ އެކު މަސައްކަތް ކުރުމަށް މިއަދު މަޝްވަރާތައް ފަށަން ނިންމައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ލީޑަރުން އެމްޑީއޭއާއެކު މަޝްވަރާ ކުރުން މިއަދު ހަވީރު 5:00 ގައި ސަން ޝިއާމް ބިލްޑިންގައި އޮންނާނެ ކަމަށެވެ. އަދި އިތުރު ތަފްސީލު ބައްދަލުވުމަށްފަހު މީޑިއާތަކާ ހިއްސާކުރާނެ ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އެމްޑީއޭއިން ކުރިން ބުނި ނަމަވެސް، އިންތިހާބުގައި ވާދަ ނުކުރައްވައި، ކޯލިޝަން ހަދަން އެ ޕާޓީގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ވަނީ ނިންމަވާފަ އެވެ.
އެއާއެކު ރިޔާސީ އިންތިހާބަށް އެމްޑީއޭއާއެކު ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅުކޮށް ޕީޕީއެމުން މިއަދު އެ ޕާޓީއަށް ވަނީ ސިޓީ ވެސް ފޮނުވާފަ އެވެ. "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމުން އެމްޑީއޭއާ ކޯލިޝަން ހެދުމަށް ޝައުޤުވެރިކަން ފާޅުކުރީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދު ﷲ ޔާމީން ކޯލިޝަން ހެއްދެވުމަށް އެދިވަޑައިގަތުމުންނެވެ.

ދާދި ފަހުން ޝިޔާމް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ނުދެއްވަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އިބްރާހީމް ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ވެސް އެމްޑީއޭއަށް ދައުވަތުދީފަ އެވެ.

ރައީސް ޔާމީން 2013 ވަނަ އަހަރު އިންތިހާބުގައި ވާދަކުރެއްވި އިރު އެންމެ ފުރަތަމަ ކޯލިޝަން ހެއްދެވި ޕާޓީއަކީ އެމްޑީއޭ އެވެ. އަދި އެމަނިކުފާނުގެ ވެރިކަން ނިމެންދެން ސަރުކާރު ކޯލިޝަނުގައި ހިމެނުނު ހަމައެކަނި ޕާޓީއަކީވެސް އެމްޑީއޭ އެވެ.
މި ލިއުމާއި ގުޅޭ