Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހުމަދު ސިޔާމް

އެމްޑީއޭއާއެކު ކޯލިޝަން ހެދުމަށް ޕީޕީއެމުންވެސް ހުށަހަޅައިފި

އަންނަ ސެޕްޓެންބަރު މަހުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން މޯލްޑިވްސް ޑިމޮކްރެޓިކް އެލައެންސް (އެމްޑީއޭ)އަށް ހުށަހަޅާފައިވާކަމަށް އެމްޑީއޭއިން ބުނެފިއެވެ.

އެ ޕާޓީން މިއަދު ބުނެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކޯލިޝަން ހެދުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕީޕީއެމުން އެ ޕާޓީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމުން އެމްޑީއޭއާ ކޯލިޝަން ހެދުމަށް ޝައުޤުވެރިކަން ފާޅުކުރީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ކޯލިޝަން ހެއްދެވުމަށް އެދިވަޑައިގަތުމުންނެވެ.

ރައީސް ޔާމީނު 2013 ވަނަ އަހަރު އިންތިޚާބުގައި ވާދަކުރެއްވިއިރު އެންމެ ފުރަތަމަ ކޯލިޝަން ހެއްދެވި ޕާޓީއަކީ އެމްޑީއޭއެވެ. އަދި އެމަނިކުފާނުގެ ވެރިކަން ނިމެންދެން ސަރުކާރު ކޯލިޝަނުގައި ހިމެނުނު ހަމައެކަނި ޕާޓީއަކީވެސް އެމްޑީއޭއެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ޕީޕީއެމާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭއިން ނިންމާފައިނުވެއެވެ.

އެމްޑީއޭއަށް ކޯލިޝަން ހެދުމުގެ ދައުވަތު ޕީޕީއެމުން ފޮނުވާފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ އެ ޕާޓީއާއެކު ކޯލިޝަން އެކުލަވައިލައްވަން ދައުވަތު ދެއްވާފައެވެ.

އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސިޔާމާއެކު ރައީސް އޮފީހުގައި އެމަނިކުފާނު ބައްދަލުކުރައްވާފައިވެސްވެއެވެ.

މި ލިއުމާއި ގުޅޭ