Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި

ހަށިގަނޑު ތެރޭގައި ފޮރުވައިގެން ޖަލަށް ވައްދަން އުޅުނު ޑްރަގްސް އަތުލައިގަނެފި

ކ.މާފުށީ ޖަލަށް ގައިދީއެއްގެ ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ވައްދަން މަސައްކަތްކުރި މަސްތުވާތަކެތިތަކެއް އަތުލައިގަނެފިއެވެ.

ފުރަގަސްފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން ޖަލަށް އެތެރެކުރަން އުޅެނިކޮށް މި މަސްތުވާތަކެތި ހޯދާފައިވަނީ، ޖަލަށް މަސްތުވާތަކެތި ވައްދަން ގައިދީއަކު މަސައްކަތްކުރާކަމަށް މައުލޫމާތު ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

ސީޕީވަނީ ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ފޮޓޯއެއްވެސް ޓުވީޓެއްގައި ހިއްސާކުރައްވާފައެވެ.

އެގޮތުން އެކްސްރޭކޮށްގެން ބެލިއިރު ޤައިދީގެ ފުރަގަސްފަރާތް ބޭނުންކޮށްގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހުރީ ޖޫސްޕެޓީ ކޮތަޅެއްގައެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ އެތަނަށް ވެއްދުން މަނާ ތަކެތި އެތެރެކުރުން އިތުރުވުމާ ގުޅިގެން އެފަދަ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަރެކްޝަންސްއިން ކުރާ މަސައްކަތްތައް އިތުރުކޮށް، ގޮޅިތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގާ މިންވަރު އިތުރުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ