Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަޕާން

4 އަހަރު ފަހުން ޖަޕާނާއި ޗައިނާއިން ރަސްމީ ދިފާއީ މަޝްވަރާތައް ފަށައިފި

އެކިއެކި ދިފާއީ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކޮށް އެކަންތަކަށް ހައްލު ގެނެސް، ދެގައުމުގެ ދެމެދުގައި އަމަންއަމާންކަން ގާއިމްކުރުމުގެ މަގްސަދުގައި ޖަޕާން އަދި ޗައިނާއިން ރަސްމީ ދިފާއީ މަޝްވަރާތައް ފަށްޓައިފިއެވެ.

މަޝްވަރާތައް ފެށިގެން ދިޔައީ، ޖަޕާނުގެ އަސްކަރިއްޔާ ފުޅާވަމުން އައުމުން އެކަމާއި ޗައިނާއިން ކަންބޮޑުވުން ފާޅުކޮށް، އަދި ޗައިނާއިން ރަޝިޔާއާއި ދެމެދު އޮތް ގާތް ގުޅުމާއި ގުޅިގެން ޖަޕާންއިން ކަންބޮޑުވުންފާޅުކުރުމުގެ އިތުރުން، އެގައުމުން މިފަހުން ޖާސޫސީ އެއާ ބެލޫންތަކެއް ބޭނުންކުރުމުން އެކަމުގެ މަޝްވަރާއިންނެވެ.

ރަޝިޔާއިން ޔުކްރެއިން ހިސާރުކުރުމަށް ހަނގުރާމަ ފެށުމާއި ގުޅިގެން ޗައިނާއިން ބާރުގެ ބޭނުންކޮށްގެން ތައިވާން ހިފުމުގެ މަސައްކަތް ފަށާފާނެކަމުގެ ބިރު އެބަ އޮތްކަމަށް ޖަޕާންއިން ހިއްސާކުރިއެވެ. އެކަމުގެ ސަބަބުން އެމެރިކާ އަދި ޖަޕާން ހިމެނޭހެން ބޮޑު ހަމަނުޖެހުމެއް އުފެދި، ބައިނަލްއަގްވާމީ ވިޔަފާރި ހިންގުމަށް ފުށުއަރާނެކަމަށް ޖަޕާންއިން ކަންބޮޑުވުން ފާޅުކުރިއެވެ.

ޖަޕާން އަދި ޗައިނާއިންވެސް އަންނަނީ އެ ގައުމެއްގެ އަސްކަރިއްޔާއަށް ހަރަދު ކުރުން އިތުރުކޮށް، ބޭރުން އައިސްދާނެ ހަމަލާއަކުން ދިފާއިވުމަށް، ނޫނީ ހަމަލާ ދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޖަޕާންއިން ކުރިއަށް އޮތް 5 އަހަރު ތެރޭގައި 320 ބިލިއަން ޑޮލަރަށް އަސްކަރީ ހަރަދުތަށް އިތުރުކުރުމަށް މިދިޔަ ޑިސެމްބަރު މަހު ނިންމާފައިވާއިރު، ޖަޕާންއިން ދިފާއީ ބާރުތަކަށް ހޭދަކުރާ މިންވަރަށް ވުރެން 4 ގުނަ ގިނައިން ހޭދަކުރާ ޗައިނާއިން، މިދިޔަ އަހަރު އެ އަދަދު 7.1 އިންސައްތައިން އިތުރުކޮށްފައިވެއެވެ.

މީގެ އިތުރުން، ޖަޕާނުގެ ބަދަލުވަމުން އަންނަ ދިފާއީ ހާލަތާއި ބެހޭގޮތުން ޗައިނާގެ ހާރިޒީ ވަޒީރު ސަން ވެއިޑޮންގް ކަންބޮޑުވުން ފާޅުކުރައްވަމުން، "ބައިނަލްއަގްވާމީ ދިފާއީ ހާލަތަށް ވަރަށް ބޮޑު ބަދަލުތަކެއް އައުމާއި ގުޅިގެން، އެއް ކޮޅަށް ވިސްނާފާ ބޮޑެތި މައްސަލަތް ނިންމުނާއި، އިންޓަނޭޝަނަލް ވިޔަފާރިއަށް ފިތްތުންތައް ތަންފީޒުކުރުން އިތުރުވުމާއި، އަދި ފިނި ހަނގުރާމައިގެ ވިސްނުން އަނބުރާ އައިސްފާވާކަން ފާހަގަކުރެވޭ" ކަމަށް ވިދާޅުވިއެވެ.

ޖަޕާނުގެ ހާރިޖީ ވަޒީރު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަޝިޔާ އަދި ޗައިނާ ގުޅިގެން ހިންގާ އަސްކަރީ ތަމްރީންތަކާއި، ޖާސޫސްކުރުމަށް ޝައްކު ކުރެވޭ ޗައިނާގެ އެއާ ބެލޫން ޖަޕާނުގެ ވައިގެ ތެރެއިން 2019 އިން ފެށިގެން 3 ފަހަރު ފެނުމާއި، އަދި އިރުމަރީ ޗައިނާ ކަނޑުގައި އޮތް މީހުން ނޫޅޭ ސެންކަކު ރަށްތަކުގެ ސަރަހައްދަކީ ނިސްބަތުން ކޮން ގައުމެއްގެ ރަށްތަކެއް ކަމަށް އަދިވެސް ކަނޑައެޅިފައި ނުވުމުގެ އިތުރުން، އެ ރަށްތަކުގެ ސަބަބުން އުފެދިފައިވާ ސަރަހައްދީ ހަމަނުޖެހުން ހިމެނެއެވެ.

އެއާ ބެލޫން ބޭނުންކޮށްގެން ޖާސޫސްކުރުމުގެ ތުހުމަތު ޗައިނާއިން އިންކާރުކުރިއެވެ. ނަމަވެސް އެ ތުހުމަތުތަކަކީ މި ފަހުން އެމެރިކައިގެ ވައިގެ ތެރެއިން އެފަދަ ޖާސޫސީ އެއާ ބެލޫނެއް ފެނުމުން، އެގައުމުންވެސް ޗައިނާގެ މައްޗަށް ކޮށްފައިވާ ތުހުމަތެކެވެ.

ޗައިނާއާއި ޖަޕާންގެ މެދުގައި ރަސްމީ ދިފާއީ މަޝްވަރާތައް އެންމެ ފަހުން ބޭއްވުނީ 2019 ގަކަން ފާހަގަކުރެވެއެވެ.
މި ލިއުމާއި ގުޅޭ