Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު ފަލާހު

މެމްބަރު ފަލާހުގެ ދަރިފުޅު ހައްޔަރުކުރީ ބަންގްލަދޭޝް ފިރިހެނަކާއި އެކު އެއް ކޮޓަރިއަކުން

ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ދަރިފުޅު އަހުމަދު ތޮއިބާން މުހައްމަދު ހައްޔަރު ކުރީ ބަނގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކާއި އެކު އެއް ކޮޓަރިންކަމަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ.

ބަޔަކު ކުރި ރިޕޯޓަކަށް ފުލުހުން ގޮސް ބެލިއިރު ޑިޑަރު އަލަމް ބުއިޔަން ނަމަކަށް ކިޔާ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެންމީހާ އާއި ތޮއިބާން ތިބީ ކޮޓަރިއެއް ތެރޭ މަސްތުވެގެންނެވެ. އެ ކޮޓަރިން 27 ފުޅި ބަނގުރަލާއި އެހެނިހެން މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި އެ ދެމީހުންވެސް ޓީއެޗްސީއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުންގެ އިސް ވެރިއަކު "ދިޔަރެސް" އަށް މައުލޫމާތު ދެއްވިއެވެ.

މި މައްސަލާގައި އަލަމް ބުއިޔަން އަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. ނަމަވެސް ތޮއިބާންއަށް ޖެހީ 3 ދުވަހެވެ.

ފުލުހުން މި ދެމީހުންނަށްވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ތުހުމަތެވެ.

ތޮއިބާން އަކީ މީގެ ކުރިންވެސް މަސްތުވެގެން މާލެ ތެރޭގައި އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތެކެވެ. ނަމަވެސް ފުލުހުންނަށް ނުފޫޒު ފޯރުވައިގެން ފަލާހުވަނީ އޭނާ މިނިވަން ކޮށްފައެވެ.

މި މައްސަލަ ފެންމަތިވުމުން ގިނަ ބަޔަކު ދަނީ، ދެން ފެންނާނީ ތޮއިބާން "ބޭސްފަރުވާއަށް" ރާއްޖެއިން ބޭރަށް ފުރުވާލާ މަންޒަރު ނޫނީ މި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންނާ ދޭތެރޭ ފިޔަވަޅު އަޅާ ތަން ކަމަށް ބުނަމުންނެވެ.

މި ލިއުމާއި ގުޅޭ