Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަބްދުﷲ ޝާހިދު

އަބްދުﷲ ޝާހިދު ތުޅާދޫއަށް ވަޑައިގަތުމުން ރަށުގެ އަންހެންވެރިން ގޮވާލީ "ކާޕެޓު ވަގަށް"

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބ.ތުޅާދޫއަށް މިއަދު ވަޑައިގަތުމުން ރަށުގެން އަންހެނުންތައް ނިކުމެ އަބްދުﷲ ޝާހިދާއި ދެކޮޅަށް އިހުތިޖާޖުކޮށްފިއެވެ.

މިގޮތުން ޝާހިދާއި ދިމާލަށް "ކާޕެޓު ވަގު" "ވަގު ޝާހިދު" މިފަދަ އެއްޗިހި ގޮވައި ހެދިއެވެ.

ޝާހިދު ތުޅާދޫއަށް ވަޑައިގެންފައިވަނީ މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައެވެ.

ޝާހިދަށް ނިސްބަތްކޮށް "ކާޕެޓު ވަގު" ކިޔަނީ އެ ބޭފުޅާ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން މޮރޮކޯއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ޤައުމުގެ ސަރުކާރުން ހަދިޔާއެއްގެ ގޮތުގައި ދިން އަގު ބޮޑު ކާޕެޓެއް ސަރުކާރާއި ހަވާލުކުރުމުގެ ބަދަލުގައި އަމިއްލަ ގެކޮޅަށް ގެންދެވި މައްސަލައެއްގައެވެ.

އެކަން ހާމަކޮށްފައިވަނީ "ދިޔަރެސް" ނޫހުންނެވެ. އަދި އާންމުކޮށް ފާޑުކިޔުން އަމާޒުވުމުން ޝާހިދު ވަނީ ކާޕެޓު އަލުން އަނބުރާ އޮފީހަށް ރައްދުކޮށްފައެވެ. ދައުލަތުގެ ގިނަ މަޤާމުތައް ފުރުއްވާފައިވާ ޝާހިދަށް ވައްކަމުގެ އެތައް ތުހުމަތެއް މި ނޫނަސް ކުރެވިފައިވެއެވެ.

މި ލިއުމާއި ގުޅޭ