Friday 24th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު ފަލާހު

މަސްތުވާތަކެތި ވިއްކަނިކޮށް މެމްބަރު ފަލާހުގެ ދަރި ހައްޔަރުކޮށްފި

ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ދަރިފުޅު އަހުމަދު ތޮއިބާން މުހައްމަދު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ތައިބާން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާ 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް މިފަދަ އެހެން މައްސަލަތަކުގައި އާންމުކޮށް 15 ދުވަސް ޖަހައެވެ. ކޯޓުން އެދުވަހު ނިންމި އެ ބާވަތުގެ އެހެން މައްސަލަތަކުގައިވެސް ނިންމާފައި ހުރީ އެގޮތަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ތައިބާން ހައްޔަރުކޮށްފައިވާއިރު މީގެކުރިންވެސް މަސްތުގެ ހާލަތުގައި ހުއްޓާ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގައި ފުލުހުން ތައިބާން ހައްޔަރުކުރަން ދިޔުމުން އޭނާ ވަނީ އޭނާއަކި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށާއި އެހެން ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެ ފުލުހުންނާއި ޒުވާބުކޮށްފައެވެ. ތޮއިބާން މިހެން ބުނި ނަމަވެސް އޭނާ އަކީ އިނގިރޭސި ރައްޔިތެއް ނޫނެވެ. އެހެން ނަމަވެސް އޭނާ ކިޔަވަން ހުންނަނީ އިނގިރޭސިވިލާތުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާގެ ދައްތަ މަސައްކަތް ކުރަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައެވެ. ތޮއިބާންގެ ބޮޑުބޭބެ އަބްދުއްސައްތާރު (ސަޓޯ) އަކީ ދިވެހިރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެފްޕީއައިޑީ ހިޔާނާތުގައި އެތައް މިލިއަން ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.

އެފަހަރު އޭނާ ހައްޔަރުކޮށްގެން ފުލުހަށް ގެންގޮސް އޭނާ ބަންދު ކުރަން އުޅުމުން ފުލުހުންގެ ސިވިލް ލީގަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ހަސަން ހަމީދު ވަނީ ތައިބާން ހައްޔަރަށް ނުލައި ގެންގޮސްފައެވެ. ހަސަން ހަމީދަކީ ތައިބާން އާއި އާއިލީގޮތުން ގުޅުން އޮންނަ މީހެކެވެ.

މި ލިއުމާއި ގުޅޭ