Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާރިޔާ ދީދީ

ޒަރޫރީ ނޫން ދަތުރުތައް ނުކުރަން އަންގާފައިވަނިކޮށް މާރިޔާ ޔޫއޭއީއަށް

އަބޫ ދާބީގައި ބާއްވާ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފެރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ފުރާވަޑައިގެންފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތް މިނިސްޓަރ މާރިޔާއާއި އެހެން ގިނަ ގައުމަކުން ބައިވެރިވާ ޑިފެންސް ކޮންފަރެންސް މިމަހު 24 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މި ދަތުރު ފުޅުގައި މިނިސްޓަރާއި އެކީ އެމްއެންޑީއެފްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ ޔޫއޭއޫއަށް ފުރާވަޑައިގެންނެނީ، އެ ކަމަނާ ސިޔާސީ މައިދާނުގައި ހޫނުފެނުގެ ތެރޭގައި އުޅުއްވާ ދުވަސްކޮޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް އެރުވުނު ޖަލްސާގައި، އިންޑިއާގެ އިމިގްރޭޝަނުން އެ ގައުމުގައި ހައްޔަރުކޮށް ބަންދުކުރި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދުއަށް (ސަމަދުބެ) ފުރައްސާރަކޮށް މަލާމަތްކުރެއްވި މައްސަލައިގާ ގިނަ ބަޔަކު ސޯޝަލް މީޑިޔާގައާއި، އަދި ބައެއް މަޖިލިސް މެމްބަރުންވެސް އެކަމަނާގެ އިސްތިއުފާއަށް ގޮވާލާފައިވެއެވެ. ހަމައެއާއިއެކު، ސިފައިންގެ އިސްވެރިންނާއި، އަދި ރިޓަޔާޑް ކޮލަނަލް ނާޒިމްވަނީ ސަމަދުބެއަށް މައާފަށް އެދުމަށް މާރިޔާއަށް ގޮވާލާފައެވެ. މީގެ އިތުރުން ވަޒީރެއްގެ ހައިސިއްޔަތުގައި ހުރެ އެފަދަ އެމަލެއް ހިންގުމަކީ ވަރަށް ހުތުރު ކަމެއްކަމަށްވެސް ބައެއް ސިޔާސީ އިސްވެރިން ވިދާޅުވެފައިވެއެވެ.

މާރިޔާ ދީދީއާއި އެމްއެންޑީއެފްގެ އިސްވެރިންތަކެއް ޔޫއޭއީއަށް ވަޑައިގެންފައިވާއިރު މި މަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓަރު އަމީރު ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އިރުޝާދުދީ ސާކިއުލާއެއް ނެރުއްވާފައެވެ. އެ ސާކިއުލާގައި ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ރާއްޖެއިން ބޭރަށް ނުކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް އަންގާފައެވެ.

މި ލިއުމާއި ގުޅޭ