Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލިފާނުގެ ޙާދިސާ

ލ.މާވަށު ކައިރިން ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ގޮސްފި

ލ.މާވަށުގެ ދެކުނުން ބޭރު ކަނޑުގައި މަސްވެރިކަމަށް ނުކުމެ އުޅުން ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ގޮސްފިއެވެ.

ނޫރު-2 ނަމަކަށް ކިޔާ އެ ދޯނި އަޑިއަށް ދިޔަ ވަގުތު އޭގެ ތެރޭގައި ތިބި 4 ފަޅުވެރިން ސަލާމަތްކުރެވި، މިހާރު ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް، އެމީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިން ބުންޏެވެ.
އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކުއޮޑްރަންއަށް ދޯނީގައި ރޯވެގެން އުޅޭކަމުގެ ހަބަރު ލިބުނީ މިއަދު ހެނދުނު 7:15 ގައި ކަމަށް ވާއިރު، އެ ހިސާބަށް ސަލާމަތީ ފަރާތްތަކުން ފޯރުނު އިރުވެން ދޯނި އަޑިއަށް ގޮސްފައިވާކަމަށާއި، ނަމަވެސް ދޯނީގެ ފަޅުވެރިން ކަނޑުގައި އޮޔާ އޮއްވާ ސަލާމަތްކޮށްފައިވާކަމަށް ބުނެއެވެ.
ސަލާމަތްކޮށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ މީހުން ތެރޭގައި ހިމެނެނީ ދިވެއްސަކާއި 3 ބިދޭސީންކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އަލިފާން ރޯވުމުގެ ސަބަބު އަދި އެނގިފައެއްނުވެއެވެ.
މި ލިއުމާއި ގުޅޭ