Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ރަޝްފޯޑުގެ ގޯލުތަކުން މޮޅުވެ ޔުނައިޓެޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މާކަސް ރަޝްފޯޑް ޖެހި ގޯލުތަކާ އެކު ލެސްޓާ ސިޓީއާ ވާދަކުރި މެޗުން މެންޗެސްޓާ ޔުނައިޓެޑް 0-3 އިން މޮޅުވެއްޖެ އެވެ.
ޔުނައިޓެޑްގެ ފުރަތަމަ ގޯލު ބްރޫނޯ ފެނާންޑޭސްގެ އެހީގައި ރަޝްފޯޑް ޖެހީ ފުރަތަމަ ހާފުގަ އެވެ. ދެވަނަ ހާފުގައި ރަޝްފޯޑް ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިން ލަނޑު ޖެހީ ފްރެޑްގެ އެހީގަ އެވެ. މި ގޯލު ރެފްރީ ދިނީ ވީއޭއާރުގެ އެހީ ހޯދުމަށް ފަހު އެވެ.

މި ސީޒަނުގައި ރަޝްފޯޑް އަންނަނީ ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ހާއްސަކޮށް ފީފާ ވޯލްޑް ކަޕަށް ފަހު ކުޅުން އަލުން ފެށިފަހުން ރަޝްފޯޑްގެ ފޯމު ވަރަށް ރަނގަޅެވެ. ސީޒަނުގައި މިހާތަނަށް 24 ގޯލު ޖަހައި 8 ގޯލު ޖަހަން ރަޝްފޯޑް ވަނީ އެހީތެރިވެދީފަ އެވެ. މީގެ ކުރިން ލަނޑު ޖެހުމުގެ ރެކޯޑް އެންމެ ރަނގަޅު ސީޒަނުގައި ރަޝްފޯޑް ޖެހީ 22 ގޯލެވެ.

ޔުނައިޓެޑްގެ ފަހު ގޯލު ޖެހީ ބްރޫނޯގެ އެހީގައި ޖޭޑަން ސަންޗޯ އެވެ. ރޭގެ މެޗުގެ ދެވަނަ ހާފުގައި ކުޅެން އަރައި ސަންޗޯ މޮޅު ކުޅުމެއް ދެއްކި އެވެ.

ލީގުގައި ރޭ ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މެޗު ޓޮޓެންހަމުން ފެށީ ސޮން ހެއުން މިން ބެންޗުގައި ބައިންދައިގެންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ދެވަނަ ހާފުގެ ކުރީކޮޅު ޖެހީ އެމަސަން ރޯޔާލް އެވެ. މި ގޯލަށް ފަހު 72 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ފުޅާކޮށްދިނީ ހެރީ ކޭންގެ އެހީގައި ސޮން އެވެ.

ރޭގެ މެޗުތަކަށް ފަހު ޔުނައިޓެޑް ވަނީ ދެވަނައިގައި އޮތް ސިޓީއާ ކައިރި އަށް ޖެހިލާފަ އެވެ. ސިޓީ އަށް 52 ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑަށް ވަނީ 49 ޕޮއިންޓް ހަމަކޮށްފަ އެވެ. އާސެނަލް އެއްވަނައިގައި އޮތީ 54 ޕޮއިންޓާ އެކު އެވެ.

ލީގުގައި ރޭ ހޯދި މޮޅާ އެކު ޓޮޓެންހަމް ހޮޓްސްޕާ ވަނީ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމަށް 24 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު ފަސް ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 23 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.

މި ލިއުމާއި ގުޅޭ