Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އިބްރާހީމް ދެއްވި މާފާއި އެކު ޖަލުން ނިކުމެ މީހެއްގެ ބޭންކު އެކައުންޓު ދަވާލައިފި

މަސްތުވާތެކެތި ޓްރެފިކް ކުރި މައްސަލައެއްގައި 10 އަހަރަށް ޖަލަށް ލާފައިވާ މީހަކު ޖަލުން މިނިވަންވުމާއި އެކު، މަކަރާއި ހީލަތް ހަދައިގެން މީހެއްގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

މިކަން ކޮށްފައިވަނީ ކ.ވިލިނގިލީ އޭޝިއަން ވިލެޖު ހަސަން އަޒުރާހެވެ. އަޒުރާހު މާފުށީ ޖަލުގައި 10 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ފާއިތުވި ހަފްތާ ތެރޭގައި ރައީސް އިބްރާހީމް ވަނީ އޭނާ ޖަލުން މިނިވަންކޮށްފައެވެ. އަޒުހާރު ޖަލުން މިނިވަން ކުރިއިރު އޭނާގެ ހުކުމުގެ އަދި 4 އަހަރެއްހާ ދުވަސް ތަންފީޒުނުވެ އެބައޮތެވެ. ޖަލުން މިނިވަންވުމާއި އެކު އޭނާ ވަނީ ސްކޭމެއްގެ ތެރެއިން މީހެއްގެ ބޭންކު އެކައުންޓުގެ އެކްސެސް ހޯދައި އެ އެކައުންޓު ބޭނުންކޮށް ގިނަ އަދަދެއްގެ ވިޔަފާރިކޮށްފައެވެ.

އެ އެކައުންޓު ބޭނުންކޮށްގެން އަޒުހާރު ވަނީ 64،000 ރުފިޔާގެ ވިޔަފާރި ހުޅުމާލޭގެ ފިހާރައަކުންކޮށްފައެވެ. އަދި އޭނާ އާއި އިތުރު މީހަކު އެ ފިހާރައަށް ވަންނަތަން ފިހާރައިގެ ސީސީޓީވީއަށް ވަނީ އަރާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އަޒުރާހު އެ ފިހާރައަށް ދިޔައިރު ލައިގެން ހުރީ އޭނާ ޖަލުން މިނިވަންވި ދުވަހު ލައިގެން ހުރި ހެދުމެވެ.

"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒުރާހް އަކީ ޖަލުގައި ހުރި އިރުވެސް ފުޅާ ދާއިރާއެއްގައި މިފަދަ ސްކޭމްތައް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތެކެވެ. މިގޮތުން ޖަލުގައި ތިބެ އެކި މީހުންނަށް ގުޅައި، މަކަރާއި ހީލަތް ހަދައިގެން އެތައް ބައެއްގެ އަތުން ފައިސާ އަތުލުމަށް މުޅި ޖަލުގައިވެސް އަޒުރާހު މަޝްހޫރުކަމަށް މައުލޫމާތުލިބެއެވެ. އަދި އަޒުހާރު ޖަލުން މިނިވަންވެފައިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ފައިސާ ދީގެން ކަމަށް މައުލޫމާތު ލިބެއެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން އަލީ ޒާހިރު އެއްވެސް ޖަވާބެއް ނުދެއްވައެވެ.

ރައީސް އިބްރާހީމް ވެރިކަމަށް ވަޑައިގަތްފަހުން ޖަލުގައި ބޮޑެތި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތައް އެއްވެސް އުސޫލެއް ނެތި މިނިވަންކުރުން ވަނީ ވަރަށް އާންމުވެފައެވެ. ޤާނޫނީ ގޮތުން މާފު ނުދެވޭ ފަދަ ކުށްތަކުގައި ތިބޭ ފަރާތްތައް މިނިވަންކުރަނީ ހުކުމުގެ މުއްދަތު ކުރުކޮށްގެންނެވެ. އަދި ބައެއް މީހުން މިނިވަންކުރުމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގާކަމަށް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ތުހުމަތުކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ