Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަބްދުލްރަހީމް އަބްދުﷲ

ބައެއް ސިޔާސީ ފަރާތްތަކުން މިހާރު ނިކުމެ ދައްކަމުންގެންދާ ވާހަކަތަކާ މެދު ސަމާލުވޭ: އަދުރޭ

ރާޢްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން މިހާރު ނިކުމެ ދައްކަމުންގެންދާ ވާހަކަތަކާ މެދު ފުންކޮށް ވިސްނުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ޖަގަހައިގައި ބޭއްވި "ޖަގަހަ ޖަލްސާ"ގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިހާރު ސިޔާސީ މަސްރަހުގައި ހިގަމުންދާ ކަންކަމާމެދު ކޮންމެ ދިވެހި ރައްިޔތަކުވެސް އެމީހެއްގެ ހަވަނަ ހިއްސު ބޭނުން ކޮށްގެން ވިސްނުން ހިންގާލަން ޖެހޭ ކަމަށެވެ.

މި ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވުމުން ބައެއް ސިޔާސީ ލީޑަރުން އާންމުންގެ ކުރިމައްޗަށް ނިކުމެ މިސަރުކާރުން ކުރާ ކަންކަމާމެދު އަޑު އުފުލަން ފަށާފައިވާއިރު، މިހާ ދުވަސް ވަންދެން ބަހެއް ބުނަން ނުކެރި އެފަރާތްތަކުން ތިބީ ކޮންތަނެއްގައިތޯ އާއި މިހާލަތަށް ދިޔުމަށް އެމީހުންގެ ދައުރާމެދު ވިސްނާލަން ޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ.

"ކޮންބައެއްތޯ އެވާހަކަ އެދައްކަނީ. އެބައިމީހުން މިގައުމު މިހާލަތަށް އައިއިރު ތިބީ ކޮންތާކުތޯ. މިގައުމު މިހާލަތަށް ގެނައުމުގައި އެބައި މީހުންގެ ދައުރަކީ ކޮބައިތޯ. މިހާލަތަށް އައި އިރު އަނގައިން ނުބުނެ ތިބީ ކީއްވެގެންތޯ. އިންޑިއާ ސިފައިން މިގައުމަށް އަރައި ވަޒަންވެރިވީއިރު އެމީހުންނަށް ހަމަ ނުފެންނަނީތޯ؟ ބައެއް ލީޑަރުން އެއްސެވި މިގައުމުގައި އިންޑިއާ ސިފައިން އެބަތިބިތޯވެސް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މީގެ ކުރިން ބައެއް ލީޑަރުން ގޮވަމުން އައީ ރައީސް ޔާމީން އަކީ މިގައުމުގައި ހުރި އެންމެ ބޮޑު ޣައްދާރު ކަމަށާއި މިގައުމުގައި އިންޑިއާ ސިފައިން ބޭތިއްބީ އެމަނިކުފާނުކަމަށް ބައެއް ލީޑަރުން ވިދާޅުވަމުން ގެންދެވި ކަމަށެވެ.

ނަމަވެސް މިހާރަކަށް އައިސް އެބޭފުޅުންގެ ރާގު ބަދަލުވެޖެ ކަމަށާއި، ނަމަވެސް އެއީ ރައީސް ޔާމީނަށް ހެޔޮއެދިގެން ދައްކަވާ ވާހަކަ ތަކެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.

"ދިވެހި ގައުމަށް ވެސް ހެޔޮއެދިގެން ދައްކާ ވާހަކަ ތަކެއް ނޫންއެއީ. އެބޭފުޅުންނަށް ހީވާ ކަހަލަ ރައީސް ޔާމީން އަކަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް. އެހެންވެ ރައީސް ޔާމީންގެ ސަޕޯޓަރުންގެ ހިތުން ޖާގައެއް ހޯދުމަށްޓަކައި ރާގު ބަދަލުވީ. އެހެންވެ އެކަމާ ސަމާލުވާންވީ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އަމިއްލަ މަގުސަދެއް ހާސިލް ކުރުމަށްޓަކައި ކޮންމެ ފަދަ ވާހަކައެއްވެސް އެބޭފުޅުން ދައްކަފާނެ ކަމަށެވެ. އަދި ކޮންމެ ފަދަ ކަމެއްވެސް އެބޭފުޅުން ކޮށްފާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ދިވެހިރައްޔިތުން ގަބޫލު ކުރަންވީ އޭރުވެސް ދިވެހި ގައުމުގެ ހައްގުގައި ވަކާލާތުކުރެއްވީ މިއަދުވެސް ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރެއްވީ ކޮންބައެއްކަން ވިސްނަވަން ޖެހޭނެ ކަމަށެވެ.

ސިޔާސީ ވާދަވެރިކަން ބޮޑުވެ ބައެއްސިޔާސީ ވެރިންނަށް ރިޔާސީ ގޮންޑި ފެންނަ ކަހަލަ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. "އެކަމަކު ތަފާތަކީ ދެއިރު ދެދަޅައަށް ލަވަ ބަދަލު ނުކޮށް ރޭގަނޑު ޖަހާބެރު ދުވާލު ނުޖަހާ އަބަދު އެއްބެރެއް ޖަހައިގެން، އެއްލަވައެއް ކިޔައިގެން އެއްގޮތަކަށް ފައި ހަމަކުރި ލީޑަރަކީ ކޮން ލީޑަރެއްތޯ. އެލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް" ކަމަށް އަދުރޭ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ