Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ފޯބްސް މެގަޒިންއިން ރާއްޖޭގެ 11 ރިސޯޓަކަށް 5 ތަރީގެ އެވޯޑް ދީފި

ފޯބްސް ޓްރެވަލްއިން ދުނިޔޭގެ އެންމެ ހިތްގައިމު، ރީތި ރިސޯޓުތަކަށް ދޭ 5 ސްޓާރގެ އެވޯޑް ރާއްޖޭގެ ފާހަގަކޮށްލެވޭ 11 ރިސޯޓަކަށް ދީފިއެވެ.

ދުނިޔޭގައި ފަތުރުވެރިކަމަށް ފަރުމާކޮށްފައިވާ އެތައްސަތޭކަ ލަގްޒަރީ، ރީތި މަންޒިލްތަށް ހުރެއެވެ. މީގެތެރެއިން ރިސޯޓުތަކަށާއި، ސްޕާތަކަށާއި، ރެސްޓޯރެންޓް އަދި އެހެނިހެން ފާހަގަކޮށްލެވޭ ފަތުރުވެރިންގެ މަންޒިލުތަކަށް ފޯބްސްއިން ކޮންމެ އަހަރަކުވެސް 5 ތަރީގެ އެވޯޑްއާއި އެހެނިހެން އެވޯޑްދެއެވެ. އެގޮތުން، މިއަހަރު އެ މަޖައްލާއިން މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހުރި ފަތުރުވެރިންގެ މަންޒިލުތައް އަޅާކިޔާފައި، ރާއްޖޭގެ 11 ރިސޯޓަކަށްވަނީ 5 ތަރީގެ އެވޯޑް ދީފައެވެ. އެއީ 5 ތަރީގެ އެވޯޑް ލިބުނު ޖުމްލަ 48 މަންޒިލެއްގެ ތެރެއިންނެވެ.
ރާއްޖޭގައި ފަތުރުވެރިކަމަކީ މިހާރު ވަރަށްވެސް ފުޅާ ދާއިރާއެއްގެ އިތުރުން، ގައުމަށް އާމްދަނީ ލިބޭ މައި އެއް ގޮތެވެ. އެކިއެކި އަތޮޅުތަކުގައި ހުންނަ ރީތި، ފުރިހަމަ ރަށްތަކުގައި ދުނިޔޭގެ ނަން ވިދާލާ ބްރޭންޑް ތަކުން އަންނަނީ އެކި ފެންވަރުގެ ރިސޯޓް ހިންގަމުންނެވެ.

ފޯބްސްއިން މިއަހަރު 5 ތަރި ދިން 48 މަންޒިލްތެރެއިން ރާއްޖެއިން ހޮވާލައިފައިވާ 11 މަންޒިލަކީ މިއީ:

  • 1.ފޯ ސީޒަންސް އެޓް ކުޑަ ހުރާ
  • 2.ފޯ ސީޒްންސް އެޓް ލަނޑާ ގިރާވަރު
  • 3.ޖޯލި މޯލްޑިވްސް
  • 4.ޝެވަލް ބްލަންކް ރެންދެލި
  • 5.ވަން އެންޑް އޮންލީ ރީތި ރަށް
  • 6.ކުޑަދޫ ޕްރައިވެޓް އައިލެންޑް
  • 7.ފަރި އައިލެންޑް
  • 8.ސޮނެވާ ޖާނީ
  • 9.ވެލާ ޕްރައިވެޓް އައިލެންޑް
  • 10.ސެއިންޓް ރެޖިސް ވޮއްމުލި
  • 11.ވޮލްޑޯފް އެސްޓޯރިއާ އިތާފުށީ
ފޯބްސްއަށް ރާއްޖެއިން ކަމުދިޔަ ހަމައެކަނި ރިސޯޓުތަކަކީ މިއީ އެއްނޫނެވެ. ނަމަވެސް، 5 ތަރި ނުލިބުނަސް، 4 ތަރިއާއި، އަދި "ރިކޮމެންޑެޑް" ފެންވަރުގެ އިތުރު ރާއްޖޭގެ 22 ރިސޯޓެއް އެ ލިސްޓުގައި ހިމެނުނެވެ.
މި ލިސްޓުގައި އެވޯޑް ދޭ ނިޒާމަކީ، ފޯބްސްގެ ޓްރެވަލް ރިޕޯޓަރަކު އެކިއެކި މަންޒިލްތަކަށް ޒިޔާރަތްކޮށް، ފަތުރުވެރިއެއްގެ ހައިސިއްޔަތުން އެމީހުންނަށް ލިބޭ ތަޖުރިބާއާއި، އެ މަންޒިލުން ދޭ ހިދުމަތާއި އަދި ތަނުގެ ރީތިކަމާއި، ފެންނަ މަންޒަރުތަކުން އޭނާއަށް ކުރާ އިހުސާސްތަކަށް ބަލާފައެވެ. އެގޮތުން އެންމެ ފުރިހަމަ ތަޖުރިބާއެއް ދެވޭ މަންޒިލްތައް ކަނޑައަޅާ، ފޯބްސްއިން ދޭ އެކިއެކި ދަރަޖައިގެ އެވޯޑް ކެޓެގަރީތަކަށް ބަހާލަނީއެވެ.
ރާއްޖެގެ ގުދުރަތީ ނަލަކަމާއި، ނޫ ކަނޑާއި، ކުލަގަދަ ފަރުތަކުގެ ސަބަބުން މި ކުޑަ ގައުމަކީ ފަތުރުވެރިކަން ހިންގުމަށް ލާމަސީލު މަންޒިލެކެވެ. ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ކުންފުންޏަކުން ރިސޯޓް ހެދުމުގެ މަންޒިލަކަށް ރާއްޖެ ހަދަނީ މިހެންވުމުންކަން ޝައްކެއްނެތެވެ. މިހާތަނަށް 2 ލައްކައެއްހާ ފަތުރުވެރިން ރާއްޖޭގެ އެކިއެކި ރިސޯޓުތަކަށާއި، ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ